ads
އަލީ އާޒިމް
ސަރުކާރުގައި ކުންފުނިތައް ހުރި އަދަދު ސަރުކާރަކަށްވެސް ނޭނގޭ: އާޒިމް
ސަރުކާރުގެ ހިއްސާ އޮތް ކުންފުނި އޮތީ ކިހާ އަދަދަކަކަން ސަރުކާރަށްވެސް ނޭނގޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން މިއަދު އާޒިމް ވިދާޅުވީ އާދައިގެ މީހަކަށް ސަރުކާރުގައި އޮތީ ކިތައް ކުންފުނި ކަމެއް ނޭނގޭނެ ކަމަށާއި އެއަދަދު ހޯދީ ވަރަށް މަސައްކަތުން ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ މިޒަމާނުގައި އެހާ އުނދަގުލުން ވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެންމެ "ކްލިކަކުން" ފެންނަނަ ޖެހޭނެ ކަމަށެވެ. 

"މިސަރުކާރަކަށް އެކަންޏެއް ނޫން. އެއްވެސް ސަރުކާރަކަށް ނޭނގޭނެ އުފައްދަމުން އުފައްދަމުން އުފައްދަމުން މިދަނީ ކިތައް ކުންފުނިކަމެއް" އާޒިމް ވިދާޅުިވިއެވެ.

އާޒިމް ވިދާޅުވީ މިހާރު ސަރުކާރުގެ 36 ކުންފުނި އެބައޮތް ކަމަށާއި އޭގެ ތެރެއިން ރަންގަޅަށް ހިނގަނީ 10 ކުންފުނި ކަމަށެވެ. އަދި އަނެއް 26 ކުންފުންޏަކީ ކަމެއް ކުރާ ބައެއް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެކުންފުނިތަކަށް ފައިސާ ދޭއިރު އެވާހަކަ ދައްކަވާނެ ކަމަށެވެ. 

އެގޮތުން އާޒިމް ފާހަގަ ކުރެއްވީ އެންމެ މީހަކު ހަތަރު ކުންފުނީގައި މަސައްކަތް ކުރާ ކުންފުނިތައް އެބަހުރި ކަމަށެވެ. 

"އެކަކު މަސައްކަތް އެބަކުރޭ ހަތަރު ކުންފުނީގަ. އަޅުގަނޑުމެންގެއާދައިގރެ މީހުން އެބައުޅޭ ވަޒީފާ ގަނޑެއް ނުލިބިގެން. ކިހިނެއްތޯ ހަދާނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެއްވެސް ކަމެއް ނުކުރާ 10 ކުންފުންޏެއް އެބަ އޮތް ކަމަށާއި އެ ކުންފުނި ތަކަކީ އުވާލަން ޖެހޭ ކުންފުނި ތައް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް