ads
ހުސެއިން ޒަރީރު
އުރީދޫ މޯލްޑިވްސްގެ ފިނޭންސް ޑިރެކްޓަރުގެ މަގާމަށް ޒަރީރު އައްޔަންކޮށްފި
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަންކޮށްފިއެވެ.

މިކަމާއި ގުޅިގެން އުރީދޫ އިން ބުނީ ޒަރީރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ޒަރީރަކީ ފައިނޭންސްގެ ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވާއިރު، އުރީދޫގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ޒަރީރު އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ އުރީދުގެ ފައިނޭންސް ޑިޕާޓްމެންޓުގައި 15 އަހަރު ދުވަހު މަތީ މަގާމުތަކެއް އަދާކުރައްވައިފައި ކަމަށް އޫރީދޫއިން ވަނީ ބުނެފައެވެ.

2005 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ޒަރީރު ވަނީ އުރީދޫގެ ފައިނޭންޝިއަލް އެންޑް މެނޭޖްމެންޓް އެކައުންޓިން، ފައިނޭންޝިއަލް ޕްލޭނިން، ބަޖެޓިން، ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓެރެޖެޓީ ޑިވެލޮޕްމެންޓް އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިސްމަގާމުތަކެއް އަދާކުރައްވައިފައެވެ. އަދި ޒަރީރުއަކީ އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ މެންބަރަކެވެ.

ޒަރީރު ވަނީ އިނގިރޭސިވިލާތުން އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ.

މީގެ އިތުރުން ޒަރީރު ވަނީ އުރިދޫން ކުރިއަށް ގެންދިޔަ އެކިއެކި ޑިވެލޮޕްމެންޓް ކޯސްތައް ފުރިހަމަކުރައްވައިފައެވެ.

އޭގެ ތެރޭގައި އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް ޑިވެލޮޕްމެންޓާ ގުޅިގެން އުރީދޫން ކުރިއަށް ގެންދިޔަ ލީޑާޝިޕް ޕްރޮގްރާމް ވެސް ހިމެނެއެވެ. އުރީދޫން ބުނީ ޒަރީރުގެ ބެއްލެވުމުގެދަށުން އެ ކުންފުނިން އިތުރު ކާމިޔާބީތައް ހާސިލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް