ads
އާލިއާ އާއި ރަންބީރު އަދި (ވ) ރަންބީރުގެ ކުރިގެ ލޯބިވެރިޔާ ކެޓްރީނާ
ރަންބީރުއާއި އާލިއާގެ ކައިވެނީގެ ހަފްލާއަށް ކެޓްރީނާއަކަށް ދައުވަތެއް ނުދެ
ބޮލީވުޑްގެ މަޝްޙޫރު ބަތަލް ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކައިވެންޏެވެ.

އިންޑިއާގެ ރިޕޯޓް ތަކުން ބުނާގޮތުގައި އޭޕްރީލް 15 ގައި މި ދެތަރިންގެ ކައިވެނި ކުރެވިގެން ދާނެ އެވެ. އެގޮތުން ކައިވެނީގެ ހަފްލާއަށް މަޝްޙޫރު އެތައް ތަރިން އަކަށް ދައުވަތު ދީފައި ވީނަމަވެސް ރަންބީރް ގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާއަށް ދައުވަތު ދީފައި ނުވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. 

ބޮލީވުޑްގެ ހަބަރު ގެނެސްދޭ ޕިންކް ވިލާއިން ބުނިގޮތުގައި މި ހަފްލާ އަށް ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނަކަށް ވަނީ ދައުވަތު ދީފަ އެވެ. އޭގެތެރޭގައި ޝާޙް ރުކް ޙާން، ސަންޖޭ ލީލާ ބަންސާލީ، އަދިތްޔާ ޗޯޕްރާ، ކަރަން ޖޯހަރު، އަރްޖުން ކަޕޫރު، އަދިތްޔާ ރޯއީ، ރަންވީރް ސިންގ ގެ އިތުރުން ރަންބީރް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުން ދީޕިކާ ޕަޑުކޯންއަށް ވެސް ވަނީ ދައުވަތު ދީފައި ކަމަށް ބުނެ އެވެ.

މީގެ އިތުރުން މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދެ ތަރިންގެ ކައިވެނީގެ ކަންތައް އޭޕްރީލް 13 އިން 17 އާއި ހަމައަށް ކުރިއަށް ދާނެއެވެ.

މި ދެތަރިން އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމް "ބަރަމަސްތްރާ" ވެސް މި އަހަރު ތެރޭގައި ރިލީޒް ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މީގެ އިތުރުން ހޮލީވުޑްގެ ފިލްމަކުން ވެސް އާލިއާއަށް ވަނީ މިއަހަރު ފުރުސަތު ލިބިފައެވެ. އެގޮތުން މި އަހަރަކީ އާލިއާ ބުނި ގޮތުގައި އޭނަގެ ލަކީ އަހަރެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް