ads
އާލިއާ އާއި ރަންބީރް
ރަންބީރުގެ ކުރީގެ ލޯބިވެރިންގެ ވާހަކަ ދައްކާތީ އާލިއާގެ ހޫނު ރައްދެއް މީޑިއާއަށް
ބޮލީވުޑްގެ މަޝްޙޫރު ބަތަލް ރަންބީރް ކަޕޫރާއި ބަތަލާ އާލިއާ ބަޓްގެ ލޯބީގެ ވާހަކަ އަކީ މީޑިއާގެ ފަލަ ސުރުހީއިން އަބަދު ވެސް ޖާގަ ހޯދަމުންދާ ވާހަކަ ތަކެވެ.

އެގޮތުން މީގެ ކުރިން ރަންބީރް ވަނީ ލޯބީގެ ގޮތުން ބޮލީވުޑްގެ އެތައް ބަތަލާއަކާއި ގުޅިފައެވެ. ރަންބީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކޮންމެ ތަރިއެއް ވެސް އޭނާ ބޭވަފާތެރިވެފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެހެން ކަމުން ރަންބީރް އަކީ "ޕްލޭ ބޯއީ"އެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އާލިއާ އާއި ރަންބީރްގެ ގުޅުން ކައިވެންޏާއި ހިސާބަށް ގޮސަފައިވާ މިދަނޑިވަޅުގައި ރަންބީރްގެ މާޒީ އާ ބެހޭ ގޮތުން އެކި ފަރާތް ވާހަކަ ދައްކަމުން ދާތީ އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އާލިއާ ވަނީ ބުނެފައެވެ. 

އާލިއާ ބުނިގޮތުގައި ކޮންމެ މީހެއް ކަމުގައި ވިއަސް މާޒީގައި އެމީހަކު އުޅެފައި ހުރި ގޮތަށް ބަލައި ފާޑު ކިޔުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. މާޒީ އަކީ އާލިއާ ބަލާ އެއްޗެއް ނޫން ކަމަށާއި ރަންބީރްގެ މާޒީގައި ކިތަންމެ ގިނަ ލޯބިވެރިން ހުރި ކަމުގައި ވިއަސް އާލިއާ އެކަމަށް ސަމާލުކަމެއް ނޫދޭކަމަށް އޭނާ ބުނެ އެވެ.

މި ދެލޯބިވެރިން ވަނީ އޭޕްރީލް 15ގައި ކައިވެނި ކުރަން ނިންމާފައި ކަމަށް ވެސް ރިޕޯޓް ތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އޭޕްރީލް 13 އިން 17އާއި ހަމައަށް ކައިވެނީގެ ކަންތައް ދެމިގެންދާނެ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް