ads
ސްޓިފަން ކިންގްގެ ވާހަކަ "އިޓް" ގެ ފިލްމުގެ ޕްރޮމޯޝަނެއްގައި--
ސްޓިފަން ކިންގް ވެސް ފޭސްބުކްއާ ވަކިވެއްޖެ!
ގިނަ އަދަދެއްގެ ސެލެބްރިޓީން ފޭސްބުކްއާ ވަކިވަމުން އަންނަ ދަނޑިވަޅެއްގައި މަޝްހޫރު ބިރުވެރި ވާހަކަ ލިޔުންތެރިޔާ ސްޓިފަން ކިންގް ވެސް ފޭސްބުކް ބޭނުން ނުކުރަން ނިންމައިފި އެވެ.

ސްޓިފަން ކިންގް ކުރި ޓްވީޓެއްގައި ބުނީ ފޭސްބުކްގެ ސިޔާސީ އިޝްތިހާރުތަކުގައި ދޮގު މައުލޫމާތު ފެތުރުމާއި، ޒާތީ މައުލޫމާތު ރައްކާތެރި ނޫން ކަމަށް ފެންނާތީ ފޭސްބުކްއާ ވަކިވާން ނިންމީ ކަމަށެވެ. 

ޓްވިޓާގައި 5.6 މިލިއަން މީހުން ސްޓިފަން ކިންގް ފޮލޯ ކުރެ އެވެ. 

މީގެ ކުރިން ވެސް އެތައް ސެލެބްރިޓީންނެއް ވަނީ ފޭސްބުކްއާ ވަކިވެފަ އެވެ. އޭގެ ތެރޭގައި ސްޓާ ވޯޒްގެ އެކްޓަރު މާކް ހެމިލް، ކޮމީޑިއަން ވިލް ފެރެލް، މިއުޒިޝަން ޗާ އަދި އެޕަލްގެ ކޯ ފައުންޑާ ސްޓީވް ވޮޒްނިއަކް ހިމެނެ އެވެ. 

އެކްޓަރު ޖިމް ކެރީ ވެސް 2018 ވަނަ އަހަރު ފޭސްބުކްއާ ވަކިވުމަށް ފަހު ވަނީ އެ ކުންފުނީގައި ހުރި އޭނާގެ ހިއްސާތައް ވިއްކާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް