ads
-- ފޮޓޯ: ޕޮލިސް
އެމްއެމްއޭގެ އަމާޒު: 2024 ގައި ޗެކު ބޭނުން ކުރުން ހުއްޓާލުން!
ރާއްޖޭގައި 2024 ވަނަ އަހަރުން ފެށިގެން ޗެކު ބޭނުން ކުރުން ހުއްޓާލެވިދާނެ ކަމަށާއި، އަދި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ، ފާއިތުވެދިޔަ ދެތިން އަހަރު ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށާއި، އަދި އަހަރެއް ތެރޭގައި ޗެކު ބޭނުންކުރާ މިންވަރު 50 އިންތަވެސް ދަށްކުރެވުނު ކަމަށެވެ. 

މިގޮތުން ފައިސާގެ މުއާމަލާތަށް ސަރުކާރުން ވަރަށް ގިނައިން ޗެކު ބޭނުން ކުރާއިރު، ޗެކު ބޭނުންކުރާ މިންވަރު ދަށް ކުރުމަށް ސަރުކާރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެެ.

"ހުރިހާ އެންމެންވެސް ވިސްނަންވީ ޗެކަކީ ގެރަންޓީ އެއްޗެއް ނޫންކަން. އެއީ ރިސްކީ އެއްޗެއް. ވަރަށް ގިނައިން ފެނޭ ވިޔަފާރި ކުރާ ފަރާތްތަކުން ޑޭޓެޑް ޗެކު ދީފައި ގިނަ އަދަދެއްގެ މުދާ އެއްފަހަރާ ނަގާތަންވެސް. ޗެކުގެ ބަދަލުގައި ސްޓްރޯންގް އެގްރީމަންޓް މެދުވެރިކޮށް ޕޭމަންޓުގެ މުއާމަލާތް ހިންގުމަކީ އެންމެ ބުއްދިވެރި ގޮތް" އެމްއެމްއޭ އިން ބުނެއެވެ.

ރާއްޖޭގައި ޗެކު އެންމެ ގިނައިން ބޭނުން ކުރަނީ 75 އިންސައްތައާއެކު ކޯޕަރޭޓް ކަސްޓަމަރުން ކަމަށް ފާހަގަކޮށް އެމްއެމްއިން ބުނީ، އެ ޗެކުތައް ބޭޏުންކުރަނީ ވިޔަފާރިތަކަށް ކަމަށާއި، އަދި ކޯޕަރޭޓް ކަސްޓަމަރުން އެކަން ކުރަނީ ގިނަ ފަހަރު ރެކޯޑުތަކަށް ބެހެއްޓުމަށް ކަމަށެވެ. 

އެމްއެމްއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި ފައިސާގެ މުއާމަލާތަށް ޗެކު ބޭނުން ކުރުމުން ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށާއި، އެގޮތުން ޗެކު ބޭނުން ކުރުން ހުއްޓާލައި ޑިޖިޓަލްކޮށް ހުރިހާ ކަމެއް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ބޭންކުތަކުން ޑިޖިޓަލް ހިދުމަތްތައް ބޮޑަށް ތައާރަފް ކުރަންވީ ކޯޕަރޭޓް ކަސްޓަމަރުންނަށް ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް