ads
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ -- ފޮޓޯ: މިހާރު
އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީއަކަށް ތޯހާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ތޯހާ ހަމަޖައްސައިފިއެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ތޯހާ ޑީއެމްޑީއަކަށް ހަމަޖެއްސީ އެމްއޭސީއެލްގެ ބޯޑުންނެވެ. އެގޮތުން އެމްއޭސީއެލް އިން ވަނީ އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށްވެސް ހުށަހަޅާފައެވެ. 

އެމްއޭސީއެލްގެ އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން  އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. 

އެމްއޭސީއެލްގެ އެކްޓިން އެމްޑީއަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ތޯހާ ހަމަޖެއްސިއިރު، އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. 

އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ހަތް ބޭފުޅުން ތިއްބަވާއިރު، އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު އާއި އިބްރާހިމް ސިޔާދު ގާސިމް އާއި އިބްރާހިމް ނޫރައްދީން އާއި ޑރ. އިބްރާހިމް މަހްފޫޒް އާއި އައިޝަތު އަރޫޝާ އަދި އަހުމަދު އީމާން މޫސާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް