ads
ފޮޓޯ ގޫގްލް
ފުއްޕާމޭގެ ކެންސަރުން ސަލާމާތް ވުމަށް މިކަންތަކަށް ސަމާލުވޭ!
ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ.

މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި އުފެދެއެވެ. އޭގެތެރެއިން އެއްބާވަތަކީ ފުއްޕާމޭގެ ކުދި ސެލްތަކުން އުފައްދާ ކެންސަރު އެވެ. އަނެއްބާވަތަކީ ކުދި ސެލްނޫން އެހެން ސެލްތަކުން އުފައްދާ ކެންސަރު އެވެ. މިބައިތައް ވަކިކޮށް ދެނެގަނެވޭނީ މައިކްރޮސްކޯޕް އެއްގެ އެހީގައެވެ. ކުދި ސެލްތަކުގެ ކެންސަރަށްވުރެ ކުދި ނޫން ސެލްތަކުގެ ކެންސަރު އާންމުކަން ފާހަގަ ކުރެވެއެވެ. 

ފުއްޕާމޭގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް:

ދުންފަތާއި ދުރުވުން : މިއީ ފުއްޕާމޭގެ ކެންސަރ ޖެހުމުގެ އެންމެ މުހިއްމު، މައިގަނޑު ސަބަބެވެ. ދިރާސަތަކުން ދައްކާގޮތުގައި ފުއްޕާމޭގެ ކެންސަރ ގައި ނިޔާވާމިހުން ގެ 80އިންސައްތަ އަކީ ދުންފަތުގެ އިސްތިއުމާލް ކުރާމީހުންނެވެ. އަދި މި އަދަދު، ކުރިން ބަޔާން ކުރެވިދިޔަ ‘ސްމޯލްސެލް ލަންގް ކެންސަރ” ގައި އިތުރު ވެދެއެވެ. 

ދުންފަތުގެ ދުމުން ރައްކާތެރިވުން: ދުންފަތުގެ ދުމުން ވެސް ހަށިގަނޑަށް އެތައް ގެއްލުމެއް ވެއެވެ. އެގޮތުން ފުއްޕާމޭގެ ކެންސަރު ޖެހުމަށް ވެސް މިއީ މަގުފަހި ކޮށްދޭ ކަމެކެވެ.

މަސައްކަތު މާހައުލުގައި ފަރުވާތެރިވުން: ސިމެންތި ޓިނުގައި އެކުލެވިފައިވާ ކުޑި ފުއްޕާމެޔަށް ދިއުމުން ވެސް ކެންސަރު ޖެހުމަށް މަގުފަހި ކޮށްދެއެވެ.

ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް

  • 3 ހަފްތާ ވާއިރު ވެސް ރަނގަޅުނުވެ ކެއްސުން
  • ކެއްސާފައި އެއްޗެތި އައުމާއި،އަދިކެއްސާފައި އަންނަ އެއްޗެތީގައި ލޭހުރުން
  • ކެއްސުމާއި، އެކި ޖަރާސީމުގެ ސަބަބުން ފުއްޕާމެޔަށްޖެހޭ ބަލިބަލި ފަސޭހަނުވެ ގިނަދުވަސްވުން
  • ކެއްސާއިރު މެޔަށް ތަދުވުން
  • ދުވަސްވާހެން ކެއްސުން ބޮޑުވުން
  • ގިނަގިނައިން މޭގައި އަރިދަފުސް ހިފާ ރޯގާޖެހުން
  • ވާގޮތެއް ނޭނގި މާބޮޑަށް ނޭވާކުރުވުން
  • ވާގޮތެއް ނޭނގި މީހާ މާބޮޑަށް ވަރުބަލިވެ، ވަރުދެރަވުން
  • ވާގޮތެއް ނޭނގި މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް