ads
ޓެކްސީތަކެއް…
ޓެކްސީ ދަތުރުތަކަށް ބޮޑުއަގު ނުދޭން އަވަސް ރައިޑުން އިލްތިމާސް ކޮށްފި
ޓެކްސީ ދަތުރުތަކަށް ބޮޑުއަގު ނުދޭން އަވަސް ރައިޑުން އިލްތިމާސް ކޮށްފިއެވެ.

ޓެކްސީ ދަތުރުތަކުގެ ހިދްމަތްދޭ އަވަސް ރައިޑުން ވަނީ އަވަސްރައިޑުގެ އެޕްލިކޭޝަނުން ފައިސާ ދައްކަން ބުނާ އަގަށް ވުރެ ބޮޑުކޮށް ފައިސާ ނުދެއްކުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.

އަވްސްރައިޑުން މިހެން ބުނެފައިވަނީ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް ފޮނުވި މެސެޖެއްގައެވެ.

އަވަސް ރައިޑުން މީޑިއާއަށް ބުނެފައިވަނީ އެކަން ކުރީ ކޮންމެހެން ޝަކުވާތަކެއ ްއާންމުންގެ ފަރާތުން ލިބިގެންނޫންކަމަށާއި، އަދި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

އަދި މިކަން ކުރީ އާންމުން ހޭލުންތެރި ކުރަން ކަމަށްވެސް އަވަސް ރައިޑުން ބުނެއެވެ. 

ޓެކްސީދަތުރުތަކުގެ އަގާބެހޭ ގޮތުން ޓެކްސީ ޑްރައިވަރުންނާއި މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވެ މައްސަލަ ހޫނުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް