ads
ހައިކޯޓު
ކައުންސިލް އިންތިހާބުގައި ވާދަކުރާ ބޭފުޅުންގެ ރެކޯޑް ސާފުކޮށްދޭން ހައިކޯޓުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ރެކޯޑް ސާފުކޮށްދިނުމަށް ހައިކޯޓުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހަވީރު 4:30 އާއި ހަމައަށް އަދި ރޭގަނޑު 7.00 އިން 10.00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. 

މީގެ އިތުރުން ހުކުރު ދުވަހުގެ މެންދުރުފަހު 2.30 އިން ފެށިގެން އިރުއޮއްސި 6.30 އާއި ހަމައަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9.00 އިން ފެށިގެން ހަވީރު 4.00 އާއި ހަމައަށްވެސް ރެކޯޑް ސާފުކުރުމަށް ހުށަހެޅޭނެ ކަމަށް ހައިކޯޓުން މައުލޫމާތުދެ އެވެ.

ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި ހުށަހަޅާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ފޯމްތައް، ދުވަހުން ދުވަހަށް ނިންމާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް