ads
އެމަޖެންސީގައި ޖެއްސި ބޯޓު
އެމަޖެންސީގައި ޖެއްސި ޑީއެޗްއެލްގެ ޕްލޭނެއް ދެބުރި ވެއްޖެ
އެމެޖެންސީކޮށް ޖެއްސި ޑީއެޗްއެލްގެ ކާގޯ މަތިންދާބޯޓެއް، ރަންވޭމަތިން ކަލާ ދެބުރިވެއްޖެ އެވެ.

އިއްޔެ ހެނދުނު ގާތްގަނޑަކަށް 10 ޖަހާކަށް ހާއިރު، ހިނގި އެ ހާދިސާގެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް މިހާރު ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުން އެމަޖެންސީ ލޭންޑިންގައި ކޯސްޓަ ރިކާގެ ޖުއާން ސަންޓަ މާރިއާ އިންޓަނޭޝަނަލް އެއަޕޯޓުގެ ރަންވޭމަތިން ކަހަލާގެން ގޮސް ވަކި ހިސާބަކުން ހުއްޓުނުތަނާ ޕްލޭން ދެފަޅިވެގެން ދިޔައެވެ.

your imageޑީއެޗްއެލްގެ ބޯޓު ބިންދައިގެން ގޮސްފައި--

ކޯސްޓަ ރިކާގެ ސިވިލް އޭވިއޭޝަން އަތޯރަޓީގެ ޑެޕިއުޓީ ޑިރެކްޓަރު މިރަންޑާ މުނޯޒް އާއި ހަވާލާދީން ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އާ ކުރާފްޓަކީ ލިއެކިއުންތަކެއް ބަރުކޮށްގެން ގްއަޓެމަލާއަށް ދަތުރުކުރި ބޯޓެކެވެ. ނަމަވެސް ހައިޑްރޯލިކް ސިސްޓަމުގެ ފެއިލިއެއް އުޅޭތީ ޕައިލެޓުން ރިކުއެއްސްޓުކުރީ އަބުރާލާ އެމަޖެންސީކޮށް ޖެއްސުމަށެވެ. އޭރު 35 މޭލަށް ވަނީ ދަތުރުކުރެވިފައެވެ. 

ޑީއެޗްއެލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެ ބޯޓަކީ ބޮއިން 200-757 ޓެއިލް ނަންބަރު JOS2716ގެ ބޯޓެކެވެ. ޖައްސަން އުޅުމުގެ ތެރޭގައި ބޯޓަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ޑީއެޗްއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

"އެއްވެސް ކުރޫއަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ނުވޭ. ނަމަވެސް ރައްކާތެރިކަމަށްޓަކައި، އެއް ކުރޫ މެމްބަރެއްގެ މެޑިކަލީ ޗެކަޕަކަށް ގެންގޮސްފައިވާނެ. ރަންވޭއިން އެއަކްރާފްޓު އެހެންދިމާލަކަށް ބަދަލުކުރުމަށް އެއާޕޯޓު އަތޯރަޓީއަށް އަޅުގަނޑުމެން މިދަނީ އެއްބާރުލުން ދެމުން" ޑީއެޗްއެލްގެ ތަރުޖަމާން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެއެއާޕޯޓް އިރުގަނޑެއް ވަންދެން ވަނީ ބަންދުކޮށްފަ އެވެ. 8500 ފަސިންޖަރުންނާއި، 57 ކޮމާޝިއަލް އަދި ކާގޯ ފްލައިޓްސް އަށް މި ހާދިސާގެ ސަބަބުން ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެއާޕޯޓު އަލުން ހުޅުވާފައިވަނީ ފަސްގަނޑިއިރު ފަހުންނެވެ.

29%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް