ads
ޝަހީދު އަލީ ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްް ކައިރިން މަރުވެފައި އޮތް ދިވެެއްސެއް ފެނިއްޖެ
ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްް ކައިރިން މަރުވެފައި އޮތް ދިވެެއްސެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ދ. އަތޮޅު ރިސޯޓަކުން ކަމަށެެވެ. ނަމަވެސް ރިސޯޓުގެ ނަމެެއް ހާމައެއް ނުކުރެއެވެ.

އުމުރުން 39 އަހަރުގެ އެ ދިވެހި ފިރިހެން މީހާ ރިސޯޓުގެ ޕެޓްރޯލް ޓޭންކު ކައިރީގައި މަސައްކަތް ކުރަން އުޅެނިކޮށް އެތަނަށް ވެއްޓިފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 06:45 ހާއިރު ކަމަށެވެ.

ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް