ads
ސްޓެލްކޯ
މި ދުވަސްވަރު ހޫނު ގަދަ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވޭ: ސްޓެލްކޯ
މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމަށާއި، ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށާއި، އަދި މިދުވަސްވަރު ރޯދަމަހާވެސް ދިމާވެފައިވާތީ ކަރަންޓު ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިގޮތުން، އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އަހަރު ތެރޭ އެންމެ ހޫނު ގަދަވާނީ މި މަހު ކަމަށްވާއިރު، މިއީ ފާއިތުވެދިޔަ 29 އަހަރަށް ބަލާއިރުވެސް ރާއްޖެއަށް އެންމެ ހޫނު ގަދަ މަސްކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން އެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާ ގޮތުގައި މި މަހު ރާއްޖޭގެ ހޫނުމިން 32 ޑިގްރީ ސެލްސިއަށްވެސް މައްޗަށް ދެއެވެ. އަދި ފިނިހޫނުމިނަށް ބޮޑު ބަދަލެއް މި މަހު އަންނަނީ  ދެ މޫސުން ބެދޭ ދުވަސްވަރަށް ވާތީ އެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ގެއަކުން އެވްރެޖް ގޮތެއްގައި 2.5 ކިލޯވޮޓުގެ ކަރަންޓު ބޭނުން ކުރާއިރު، އެންމެ ބޮޑު ހަރަދެއް ގިނަ ފަހަރު ހޭދަ ވަނީ އޭސީއަށްކަން ފާހަގަކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް