ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އިދާރާތަކުން ބަޖެޓުގައި ހިމަނާނެ ކަންކަން އަންގަން އެދިއްޖެ
ނިއު ޕޮލިސީ އިނީޝިއޭޓިވަށް ތައްޔާރުވުމުގެ ގޮތުން 2023 އިން 2025 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ތައްޔާރުކުރުމަށް ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހުށަހަޅަން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

މިނިސްޓްރީތަކާއި އިދާރާތަކުން ބަޖެޓަށް ހުށަހަޅާ އާ ކަންކަން ޖޫން 30 ގެ ކުރިން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. 

މި ބަޖެޓަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގެ މައްޗަށް ބިނާކޮޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެކެވެ. މި ބަޖެޓް އެކުލަވާލުމަށް އިދާރާތަކުން ހިންގަން ރާވާ ކަންކަމާއި އެ އިދާރާއަކުން ހިންގާނެ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހުށަހަޅަން ޖެހެ އެވެ.

ކޮންމެ އަހަރަކުވެސް ބަޖެޓަށް ބޭނުންވާ އާ ކަންކަން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް އަންގައެެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް