ads
މިނިސްޓާ އާމިނަތު ޝައުނާ
ތިމާވެށި ހިމާޔަތް ކުރުން ގުޅިފައި ވަނީ ސީދާ އިންސާނާގެ ސިއްހަތާއި: ޝައުނާ
ތިމާވެއްޓަށް ކުރާ އަސަރުތައް ގުޅިލާ މެހިފައިވަނީ އިންސާނުންގެ އަމިއްލަ ސިއްހަތާއި ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތިމާވެށި ރައްކާތެރި ކުރުމަށް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ނުހަނު ގިނަ ކަމަށެވެ. 

އެގޮތުން ތިމާވެށި ރައްކާތެރި ކުރުމާއި، ހަކަތަ ބަދަލު ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ސީދާ އިންސާނާގެ ސިއްހަތާއި ގުޅިފައިވާ ކަމެއް ކަމަށް މިނިސްޓާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓާ ވިދާޅުވީ، ރާއްޖެއިން ތިމާވެށީގެ ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ތިލަފުށިން ދޫކުރަމުންދިޔަ ވިހަ ދުމުގެ އަސަރު ނިމުމަކަށް ގެނައުމަކީ، ސިއްހަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެންމެ ގިނައިން ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވާކަމަށާއި، މިއަހަރުގެ ޖޫންމަހު އެ އެއްޗިހި އުފެއްދުން އަދި ބޭނުންކުރުން އެއްކޮށް މަނާ ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް