ads
ޕާކިސްތާން މަޖިލިސް
ޕާކިސްތާނުގެ ކުރީ ސަރުކާރުގެ އޮފިޝލުން ގައުމުން ބޭރުވުން ހުއްޓުވައިފި!
ޕާކިސްތާނު ކުރީގެ ބޮޑުވަޒީރު އިމްރާނު ހާނު ސަރުކާރުގެ އޮފިޝަލުން ގައުމުން ބޭރަށް ފުރުން މަނާ ކޮށްފިއެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެކެވެ. 

މިކަމާގުޅިގެން ޕާކިސްތާނުގެ މަޖިލިސް އުވާލުމާ ގުޅިގެން އެމަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. މިކަމުގައި ސުޕްރީމް ކޯޓުން ނިންމީ މަޖިލިސް ބާއްވައި އަދި އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދިއުމަށެވެ. 

އެހެން ނަމަވެސް މިއަދު ނަގަން އޮތް ވޯޓު ވަނީ ފަސްކޮށްފައެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ގަމަރު ޖާވިދް ބަޖްވާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެހެން ނަމަވެސް ބޮޑުވަޒީރު އިމްރާން ހާން އެކަން ދޮގު ކުރައްވަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އިމްރާންހާން ވަނީ މަޖިލިސް މިއަދު ފެށުމުގެ ކުރީން  މަޖިލީހުގެ ރައީސްއާ ބައްދަލު ކުރައްވާފައެވެ. 

އިމްރާން ހާން އަންނަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް