ads
ފޮޓޯ/ ސީއެންއެމް
ލޯބީގެ އަނިޔާ
ލީމާ އިސްދަށަށް ޖަހައިގެން އިނދެ ރޮމުން ދިޔައެ އެވެ. ކަރުނަޔާއި އެކު ހަޔާތް ވޭތު ކުރަމުންދިޔަ ލީމާގެ ހިތްބުނަމުން ދިޔައީ ކަރުނައަޅާ ކިތަންމެ ވަރަކަށް ރުއި ނަމަވެސް އެ ލޯތްބެއް، އެ ހިތުން ޖާގައެއް، ލީމާ އަށް ނުލިބޭނެ ކަމެވެ. ކުރެވެނީ ބޭކާރު ކަމެއްކަން އެގުނު ނަމަވެސް ލީމާގެ ހިތްވަނީ އެ ލޯބީގެ އިޝްގުގާ ޖެހި އެ ނުލިބި ބީވި ލޯބިން ހިތް މިލާފައެވެ.

ނިދަން އެނދަށް އަރާ އޮތް ލިމާ ނުނިދި އެ އޮތީ އޭނާގެ މާޒީ ހަދާންވާތީއެވެ. ނުނިދި ތެދުވެ އެނދުގައި އޮތް ބާލީސް ނަގާ އުނގަށް ލައިގެން އިނދެ ލީމާ އެދަނީ އެ ހިތްދަތި މާޒީގެ ސަފުހާތަށް ހަދާން ކޮށް ރޮމުންނެވެ. ހިތްދަތި އަނިޔާވެރި ލޯބިން ބާކީވި މަންޒަރު ލިމާ އަށް މިއަދުވެސް ލޯމަތިން ފެންނަ ކަހަލައެވެ.

މާޒީ ހަދާންވަމުން ދިޔައިރު ލީމާގެ ހަދާނުގައި ވަނީ އެ ހިތްދަތި ވަގުތު ތަކުގެ އަސަރެވެ. އެ ހިތްދަތި މާޒީގެ އަނިޔާ އެވެ. އަދިވެސް ލީމާގެ ސިކުނޑީގައި ބާރު ތަފާލަކުން ތަޅަމުންދާ ހެން ހީވެއެވެ. ލީމާ އެ މާޒީ ހަދާން ކުރަމުން ދަނީ ކީއްވެ ތޯ ލީމާ އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ. " އެއީވެސް އަހަރެން ހަޔާތުން ދުވަހެއް، މާޒީގެ ސަފްހާތަކުގެ ތެރެއިން ސަފުހާއެއް" މަޑުމަޑުން ލީމާ އަށް ބުނެލެވުނެވެ.

ލީމާގެ ހިތުގައި އަދިވެސް އެ ލޯބި ފޮރުވިފައި ވަނީ ހިތުގެ އެންމެ އަޑި ނޭގޭ ހިސާބު ކަނެއްގައެވެ. 

އެނދުމަތީގައި އިދެ ލީމާ ރޮމުން ދިޔައިރު، މީގެ ފަސް އަހަރު ކުރިން ހަމަ އެގޮތަށް ރީމާ ރޯން އިނެވެ. އެދުވަހު ކީއްވެ ލީމާ ތި ރޮނީ. އަޒުހަމުގެ ބައްޕަ ބުންޏެވެ. ކަމެއް ނުވޭ ހަމަ ރޮވެނީ.. ނޫން ކަމެއް ނުވާނަމަ ކީއްވެ ރޯންވީ އިސްދަށަށް ޖަހައިގެން އިނދެ ލީމާ ރޮމުން ދިޔައެވެ. އަޒުހަމް އަށް ލީމާގެ ހިތުގެ އިހުސާސް ނޭގުނަސް ލީމާގެ ކަރުނަ ވަނީ އަޒުހަމް އާއި އެކުގައެވެ. 

"ބައްޕާ.. އަހަރެން ވަރަށް ކެތްކޮށްފިން. އެކަމަކު ދެން ކެތެއް ނުވާނެ އަހަރެން އަޒުހަމް ދެކެ ކިތަންމެ ލޯބިވި ނަމަވެސް ދެން އަހަރެން ބޭނުންވަނީ އަޒުހަމް އާއި ވަކިވާން... ލީމާ ބުނަމުން ދިޔައެވެ. އޭރު އަޒުހަމް ވަނީ ހަޔާތަށް އެހެން ބައިވެރިއަކު ގެންނަން ވިސްނާފައެވެ. 

ލީމާ ވަކިވާން ބޭނުން ވިޔަސް އެކަން އެގޮތަށް ނުކުރުމަށް ބައްޕަ އާދޭސް ކުރިއެވެ. ފާއިޒު ލީމާ އަށް ނަސޭހަތްތެރި ވިއެވެ. އަދި ބުންޏެވެ. "ބައްޕަ އާއި މަންމަ ތިބޭނީ ލީމާ އާއި އެކު އަޒުހަމް އަދި އަންނާނެ.. އޭނާ އަދި އޯކޭ ވާނެ.. ތި ވިސްނުން ދޫ ކޮށްލާ... ބައްޕަ ބުނާ ގޮތަށް ހަދާ.. ލިމާ އަކަށް ދެރަގޮތެއް ވިޔަކަ ނުދޭންނަ" ފާއިޒު ބުންޏެވެ.

ލީމާގެ ދުލުން ވަކިވާން އެ އެ ލަފްޒު ބޭރު ކުރީ އަޒުހަމް ގެ ދުރު ކަމާއި އޭނާ އެހެން ގޮތެއް ވިސްނަމުން އަންނަކަން ލީމާ އަށް ޝައްކު ވެގެންނެވެ. ބައްޕަގެ އެ ޖުމްލައިން ލީމާ އުފާ ވިއެވެ. ނަމަވެސް އަޒުހަމްގެ އުޅުން ހުރި ގޮތުންނާއި، އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަޒުހަމް މައިންބަފައިންގެ ބަހަށް ކައިވެނި ކުރި ނަމަވެސް ތެދުވެރި ނުވާނެ ކަން ލީމާއަށް ޔަގީނެވެ.

އެ ހުރިހާ ކަމެއް އެނގި ހުރެވެސް އަޒުހަމްގެ އުނގުތެރެއިން ލީމާ ނޫން އެހެންމީހަކަށް ޖާގަ ލިބެން ލީމާ ނޭދެއެވެ. އެހެން ނަމަވެސް އަޒުހަމްވީ ލީމާ އާއި މާދުރުގައެވެ. އެހެން ބައިވެރިއެއްގެ މުށު ތެރޭގައެވެ. ފާއިޒު އާއި ވިއާމާ ބޭނުން ވަނީ އަޒުހަމްގެ ހަޔާތަށް ލިމާ ގެންނާށެވެ. އެ ދެމެފިރިން ލީމާދެކެ ލޯބިވެއެވެ. ލީމާގެ ރަނގަޅު ކަމާއެކު އެދެމައިން ދިޔައީ ލީމާ އާއި އަޒުހަމްގެ ކަައިވެންޏަށް އުއްމީދު ކުރަމުންނެވެ.

އަޒުހަމްގެ މަންމަޔާއި ބައްޕަ އަށް ހުރިހާ ކަމެއް އެގި ހުރެވެސް އެދެމީހުން ބޭނުންވަނީ އަޒުހަމުގެ ހަޔާތަށް ލީމާ ގެންނާށެވެ. ނަމަވެސް ލިމާގެ ލޯބީގައި ކޮޅުފައިން ޖެހުމަށްފަހު، އަޒުހަމް ސަހާ އާއި އެކު ވަގުތު ހޭދަކުރަމުން ދިޔައެވެ. 

ލީމާ އެ މަޖުބޫރު ލޯބީގައި މާގިނަ ދުވަހު ކަޑައްތު ކުރާކަށް ބޭނުމެއް ނުވިއެވެ. ލީމާ ބޭނުންވީ އަޒުހަމުގެ ހަޔާތާ ދުރުވެ، އޭނަގެ އުފާ އޭނަޔަށް ހޯދައިދޭށެވެ. މައިންބަފައިންގެ މަޖުބޫރު ކައިވެންޏެއްގެ އަޅަކަށްވެ، އަޒުހަމް ގަނަ ތަޅުވާކަށް ލީމާ ބޭނުން ނުވިވެ. ލީމާ އަމިއްލަ އަށް އެހަދާން ތަކާއި ދުރަށް އަޒުހަމު ނުފެންނަ ހިސާބަށް މާ ދުރަށް ދިޔައެވެ. 

މާގިނަ ދުވަހެއްނުވެ އަޒުހަމުގެ ކައިވެނި ކުރިއެވެ. އޭނާ ހިތް އެދޭފަދަ ބައިވެރިއަކާ އެކު ވަގުތު ގުނަމުން ގޮސް ދަރި އަކު ލިބުނެވެ. ހިތާމައިގެ ކަރުނަޔާއި އެކު ލީމާ ހުރީ އެ އުފާވެރި ދިރިއުޅުމަށް ހުރަސް ނޭޅުމަށް ދުރުގައެވެ. އަޒުހަމް އަށް އެ ދިރިއުޅުން އުފާވެރި ވާނެ ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް ކަން ވެގެން ދިޔައީ ލީމާ ގަބޫލުކުރި ފަދައިންނެވެ. 

ސަހާ އަޒުހަމް އަށް ތެދުވެރިއެއް ނޫނެވެ. އަޒުހަމް އުޅެން ޖެހިފައިވަނީ މަޖުބޫރު ދިރިއުޅުމެއް ގައެވެ. ހިލޭ ފިރިހެނެއްގެ ލޯބިން ސަހާ ދިޔައީ އުފާ ހާސިލް ކުރަމުންނެވެ. އަޒުހަމުގެ އުފާތައް ކަފުން ކުރުމަށްފަހު، އަޒުހަމުގެ ދާނުން އެހެން ފިރިހެނަކަށް ޖާގަ ދެމުންނެވެ.

އަޒުހަމު ލިބިފައިވާ ދަރިއަށްޓަކާ އެދިރިއުޅުމުގައި ވަނީ އުޅެން ޖެހިފައެވެ. މިއަދު އަޒުހަމް ލިމާ އަށް ގުޅައެވެ. ލީމާގެ ލޯތްބަށް ބޭނުން ވެއެވެ. އަގު ހުރި އެއްޗެއް އަތުން ބީވެދިޔަކަމުގެ އިހުސާސް އޭނާ އަށް ކުރެވެއެވެ.

އަޒުހަމް ދެކެ ލީމާ ލޯބި ވެއެވެ. އެ ހަދާން އޭނާ އާ ކުރައެވެ. ނަމަވެސް ލީމާވީ މާދުރުގައެވެ. ލީމާ ވެސް އިތުރު ކައިވެންނެއް ކޮށް އުފާވެރި ދިރި އުޅުމެއްގައި އުޅެމުން ދިޔަސް ހަދާން ކުރަން ބޭނުންނޫން އެ މާޒީ ހިތަށް ސިފަ ވެއެވެ. އެ ކަރުނަ އަދިވެސް ލީމާގެ ލޮލުން ފާއްދަ އެވެ. ނަމަވެސް މިވާހަކަތައް އެއްވެސް  މީހަކަށް އެނގޭކަށް ލީމާ ނޭދެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް