ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން --
ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރު ހެދި މައްސަލައެއްގައި މީހަކު ހޯދަނީ
ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ހޯދަން އިއުލާނު ކުރީ ނ.މިލަދޫ/ކަންމަތީގޭ އުމުރުން 30 އަަހަރުގެ އަލީ ސޮބާހު އެވެ.

އޭނާ ހޯދަމުންދަނީ އައްޑޫ ސިޓީ ގަންސްޓޭޝަނުން ތަހުގީގު ކުރަމުންދާ, ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށާއި, އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށް ފުލުހުން ބުންޏެވެ.

''ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން.'' ފުލުހުން ބުންޏެވެ.

your imageފުލުހުން ހޯދަމުންދާ މީހާ

އެ ގޮތުން ފުލުހުން އެންގީ މި މަހުގެ 30 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށެވެ.

ފުލުހުން ވަނީ އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަން ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް