ads
ބްރިކްސް
އެމެރިކާ ޑޮލަރަށް ބަރޯސާވުން ހުއްޓާލަން ޖެހޭ: ރަޝިއާ
ރަޝިއާ އާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބްރިކްސްގެ ގައުމުތައް އިގްތިސާދީ ގޮތުން ގާތް ގުޅުމެއް އުފެދެމުންދާ ކަމަށް ރަޝިއާގެ މާލީ ވަޒީރު އެންޓޮން ސިލުއާނޯވް ވިދާޅުވެއްޖެ އެވެ.

ބްރިކްސްގެ ގައުމުތަކަކީ ބްރެޒީލް، ރަޝިޔާ، އިންޑިޔާ، ޗައިނާގެ އިތުރުން ސައުތު އެފްރިކާއެވެ.

ޗައިނާއިން ރިޔާސަތު ބަލަހައްޓަމުން ދާ ބްރިކްސް ގައުމުތަކުގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުގެ ގަވަރުނަރުންގެ ފުރަތަމަ ބައްދަލުވުމުގައި ރަޝިއާގެ މާލީ ވަޒީރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަކީ އިންސާނުން އަމިއްލައަށް އުފެއްދި މައްސަލަތަކެއް ކަމަށެވެ. 

އަދި ވިދާޅުވީ ބްރިކްސްގެ މެމްބަރު ގައުމުތަކުގައި އެ ގައުމުތަކުގެ އިގުތިސޯދަށާއި ދުނިޔޭގެ އިގުތިސޯދަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެބަހުރި ކަމަށެވެ.

ސިލުއާނޯވް ވިދާޅުވީ އިގްތިސާދީ ކަންކަމުގެ މިނިވަންކަން ދަމަހައްޓައި ކަށަވަރު ކުރުމަށްޓަކައި މިހާރު އޮތް އެމެރިކާ ޑޮލަރަށް ބަރޯސާވުމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ސެޓްލްމަންޓް މަނާކުރުމާއި، ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިންތައް ހުއްޓުމަކަށް އައުމާއި، އެކްސްޕޯޓް ކޮންޓްރޯލް ކުރުމާއި، އިމްޕޯޓް ކުރުން މަނާކުރުން ފަދަ ކަންކަމަކީ ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން އައިސްފައިވާ ކަންކަން" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އިގްތިސާދުދުތައް އަނދަވަޅަކަށް ވެއްޓުނަ ނުދިނުމަށްޓަކައި ބްރިކްސްގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބްރިކްސް ބޭސްޑް އިންޓަބޭންކް މެސެޖިން ސިސްޓަމަކާއި، ސްވިފްޓްގެ އެނަލޮގްއެއް އުފައްދައި، އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ މަހުން ފެށިގެން ރަޝިއާވަނީ ސްވިފްޓް ސިސްޓަމުން ބޭރުކޮށްފަ އެވެ. 

ރަޝިއާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ބްރިކްސް ގައުމުތަކުގެ މަސައްކަތް އަވަސް ކުރަންޖެހޭ ކަމަށާއި، އިންޕޯޓް އެކްސްޕޯޓް ޓްރާންސެކްޝަންތަކަށް އަމިއްލަ ފައިސާ ބޭނުން ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. ޕޭމަންޓް ސިސްޓަމްތަކާއި ކާޑުތައް އިންޓަގެރޭޓް ކުރުމާއި، އަމިއްލަ ފައިނޭންޝަލް މެސޭޖިން ސިސްޓަމެއްވެސް އުފައްދަން ޖެހޭކަމަށާއި، މިނިވަން ބްރިކްސްރޭޓިން އެޖެންސީއެއް އުފައްދަން ޖެހޭ ކަމަށެވެ.

94%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް