ads
މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވީއަައިއޭއަށް ޖައްސައިފި
މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއަައިއޭ) އަށް ޖައްސައިފި އެވެ.

އެމްއެސްސީއެލްއިން “ސީއެންއެމް”އަށް ބުނީ އެމަޖެންސީގައި ވީއައިއޭ އެއާޕޯޓަށް ޖެއްސީ ކައްދޫއަށް ޖައްސަން އުޅުމުގެ ތެރޭ ދިމާވި ޓެކްނިކަލް މައްސަލަައަކާއި ގުޅިގެން ކަމަށެވެ. އެމައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަދި ފްލައިޓު މިހާރު ވަނީ ރައްކާތެރިކަމާއިއެކު ލޭންޑު ކޮށްފައި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުން ނުވާކަން އެމްއޭސީއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބޭގޮތުން ކޫއްޑޫއިން ކައްދުއަށް ދަތުރުކޮށް، ކައްދުއަށް ލޭންޑްކުރަން އުޅުނުއިރު ލޭންޑިން ގިއަރުގައި މައްސަލައެއް އުޅޭކަން ފާހަގަވެގެން އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީއެވެ.

ފްލައިޓުގައި ތިބި ފަސިންޖަރުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ސޭފް ލޭންޑިން އެއް ކުރެވިފައިވާކަން އެމްއޭސީއެލްއިން ސީއެންއެމްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ރެޑީވެފައި އޮތް މޯލްޑިވިއަން ފްލައިޓެއްގެ ކޮކްޕިޓްގައި ރޯވެގެން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިވެސް ފްލައިޓެއް ވަނީ ކެންސަލް ވެފައެވެ.


އެވަގުތު ބޯޓުގައި 37 ޕެސެންޖަރުންނާއި 3 ކުރޫއިން ތިބި އެ ފްލައިޓުގެ ވިންޑް ޝީލްޑް ތަޅައިގެންގޮސްފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އެފަހަރުވެސް ގެއްލުމެއް ނުވެެެއެވެ.

23%
ކަމުގޮސްފި
41%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް