ads
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
ޕާކިސްތާން: ގިނަ އަދަދެއްގެ ބަޔަކާއެކު އިމްރާންހާން މަގުމައްޗަށް!
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ވަކިކޮށްފައިވާ އިމްރާން ހާންއަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.

ހޮނިހިރު ދުވަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ. ހާން ވަނީ މިނިންމުމަކީ އެމެރިކާގެ ބާރުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. 

"އެއްވެސް އިރެއްގައި ބަޔަކު އަމިއްލަ އިހުތިޔާރުގައި އަދި އަޅުގަނޑުމެންގެ ތާރީހުގައި ވެސް މިފަދަ އަދަދުތަކުން ނުކުމެފައެއް ނުވޭ. ވަގުން އިސްކޮށް ތިބެ އިމްޕޯޓް ކުރާ ސަރުކާރު ބަލައިނުގަންނާނެ" މުޒާހަރާގެ ފުޓޭޖްތައް ހިއްސާ ކުރައްވަމުން ޚާން ޓްވިޓާގައި ވިދާޅުވި އެވެ.

މި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވީ ޚާންގެ ޕީޓީއައި ޕާޓީން ކަމަށްވާއިރު، އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން ވަނީ އެގައުމުގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނުކުތުމަށް ގޮވާލާފައެވެ.

ޚާން ވަނީ އެމެރިކާއަށް ކުރާ ތުހުމަތުތައް ތަކުރާރު ކުރައްވައި، އޭނާ މަގާމުން ދުރުކުރުމުގެ ތުހުމަތު ވޮޝިންޓަންގެ މައްޗަށް ކުރައްވައި، މި މުޒާހަރާތަކަކީ "ވެރިކަން ބަދަލުކުރުމުގެ" އޮޕަރޭޝަނެއް ގެ ނަމުން ނަން ވެސް ދެއްވާފައެވެ.

ކުރީގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ރައްޔިތުންނާއެކު މިނިވަންކަމުގެ ޖިހާދުގެ އާ ޒަމާނަކަށް ގައުމު މިސްރާބު ޖަހަނީ ވެރިކަން ބަދަލުކުރުމުގައި ބޭރުގެ މަކަރުވެރި ރޭވުން ހުއްޓުވައި ސިޔާދަތާއި ޑިމޮކްރަސީ ހިމާޔަތް ކުރުމަށް ކަމަށެވެ.

86%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް