ads
ރައީސް މައުމޫން
ދެން ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާކަށް ގަސްދެއް ނުކުރަން: ރައީސް މައުމޫން
ރާއްޖޭގެ ރައީސްކަމަށް ދެން ކުރިމަތި ނުލައްވާނެކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޒައީމް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިރީސް އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ''ސީއެންއެމް'' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެން ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލައްވަން ގަސްދެއް ނުކުރައްވާ ކަމަށެވެ.

''އަޅުގަނޑު ގަސްދެއް ނުކުރަން.'' މިހާރު މި އޮތް ސަރުކާރުގެ އެއް ބައިވެރިޔާ ރައީސް މައުމޫން ވިދާޅުވިއެވެ.

ނަމަވެސް އަންނަ ރިޔާސީ އިންތިހާބަށް އެމްއާރްއެމްއިން ކެންޑިޑޭޓެއް ނެރުމަކީ ވެދާނެކަމެއްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އެކަމަކު އެކަމަށް ގޮތެއް ނިންމާނީ ޕާޓީތެރޭގައި ކުރެވޭ މަޝްވަރާތަކަށްފަހުކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.


''އެއީ އޮތްކަމެއް ދެއްތޯ. އެ ހިސާބަށް ދިޔައިމަ އަޅުގަނޑުމެން ޕާޓީން އެކަމާ މަޝްވަރާކޮށްފަ މެންބަރުންގެ ހިޔާލު ހޯދާފަ ޕާޓީން ގޮތެއް ނިންމާނީ. މިނިވަންކަމާއެކު މެންބަރުން ހިޔާލުފާޅުކުރައްވައި, ގިނަ މެންބަރުންނަށް ފެންނަ ގޮތަކަށް އެކަން ނިންމާނީ.'' ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ބޭފުޅާއެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނާއި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީ ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މައުމޫނުގެ މައްޗަށް ނަޝީދު ކުރި ހޯއްދެވީ އެހެން ޕާޓީތަކާއެކު ހެދި އިއްތިހާދަކުންނެވެ. 

62%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް