ads
ޑރ. މުހައްމަދު އިޔާޒު--
ގައުމަށް އަންނަ ބޭރު މީހުންނަށް ދުއްތުރާ ކުރުމަކީ ހަރާމްކަމެއް: ޑރ. އިޔާޒު
ބޭރުގެ ގައުމުތަކުން އަންނަ މެހެމާނުންނަށް ދުއްތުރާކޮށް ހެދުމަކީ ހަރާމްކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިފަދައިން ޓްވީޓެއް ކުރައްވާފައި މިވަނީ  ރޭ ތިން ފަތުރުވެރިއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާގެ ޒިންމާ، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖެ ގޮފިން ނަގާފައިވާކަމުގެ ވީޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

އެގޮތުން އިޔާޒު ވިދާޅުވީ ގައުމަށް އައިސް ތިބޭ ބޭރުގެ މެހެމާނުންނަށް ކަމޭ ހިތާ އެެމީހުންނާއި މެދު ހެޔޮކޮށް ކަންތައް ކުރަން ޖެހޭ ކަމަށާއި އެއްވެސް ގޮތަކަށް އެމީހުންނަށް ދުއްތުރާ ކުރުމަކީ ހަރާމްކަމެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހަމަލާގެ ޒިންމާ ނަގައި އައިއެސްގެ ދިވެހި ގޮފިން ވަނީ އެމީހުން ޓެލެގްރާމުގައި ހިންގަމުން އަންނަ ގްރޫޕަށް ވީޑިއޯ އާންމުކޮށްފަ އެވެ. 

މޫނު ނިވާކޮށްގެން ހުރެ އެމީހާ ވާހަކަ ދައްކާއިރު އޭނާ ވަނީ ފަތުރުވެރިންނަށް ވަޅިން ދެވުނު ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށް ބުނެފަ އެވެ. އަދި ބޭރުގެ ކާފަރުންނަށް ރާއްޖެއަކީ ސުވަރުގެ ކަމަށް ދައްކާ ދެއްކުން އަވާމެންދުރަކަށް ވެއްޖެކަމަށާއި އެމީހުންނަށް ދެން މިތަނުގައި ލާނެ ރަހައަކީ "އަލިފާނު" ގެ ރަހަ ކަމަށް ވެސް ބުނެފަ އެވެ.  

އޭގެ އިތުރުން "ދީން ވިއްކާލި" ޝޭހުން ކަމަށް ބުނެ އެމީހާ ވަނީ ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ދީން އޮޅުވާލަމުން އަންނަ ކަމަށެވެ. އަދި އެގޮތްތައް ދޫކޮށްލައިފިނަމަ އެމީހުންނަށް ވެސް ހެޔޮކަން ބޮޑު ކަމަށް ބުނެ އެވެ. 

ރޭ ތިން ފަތުރުވެރިއަކަށް ހަމަލާދީފައި ވަނީ ހުޅުމާލޭގައި ހުންނަ ރެޑްބުލް ދަނޑު ކައިރިންނެވެ. އެގޮތުން އެމީހުންނަށް ހަމަލާދީފައިވަނީ  ހެލްޓްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހުން ކަމަށް ފުލުހުން ބުނެ އެވެ. 

އާންމުވި ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް