ads
މަހްލޫފް
ކުޅިވަރު މިނިސްޓްރީގެ ދެކޮޅު ނުޖެހޭ ނޫސް ބަޔާން ޖޯކަކަށް
ކްލަބު ވެލެންސިޔާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އޭއެފްސީ ކަޕުގައި ރަށުން ބޭރުގައި މިއަދު ކުޅެން ޖެހޭ މެޗަށް އެ ޓީމު ދަތުރު ނުކުރި މައްސަލައާ ގުޅޭ ގޮތުން ކުޅިވަރު މިނިސްޓްރީން ނެރުނު ބަޔާން ބޮޑު ޖޯކަކަށް ވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ވެލެންސިޔާއަށް ފައިސާ ދޭން ބެލިއިރު އެ ކްލަބުގެ އެކައުންޓެއް ނެތް ކަމަށް ކުލަބުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ ބުއްދި ގަބޫލުކުރާނެ ވާހަކައެއް ނޫނެވެ. ވެލެންސިޔާއަކީ ކާމިޔާބު ތާރީޚެއް އޮތް ދުވަސްވީ ކުލަބެކެވެ. 

އޭއެފްސީ ކަޕުގައިވެސް މީގެ ކުރިން އެތައް ފަހަރަކު ކުޅެފައިވާ ކުލަބެކެވެ. އަދި ވެލެންސިޔާއަކީ އޭއެފްސީ ކްލަބު ލައިސެންސިން ފުރިހަމަކޮށް ލައިސެންސް ލިބިފައިވާ ކްލަބެއްކަމުގައިވާއިރު، އެ ކްލަބުގެ އެކައުންޓެއް ނެތޭ ބުނުމަކީ ގަބޫލް ކުރެވޭނެ ވާހަކައެއް ނޫނެވެ.

އެފްއޭއެމުންނާއި، ސަރުކާރުންވެސް މީގެ ކުރިން އެތައް ފަހަރަކު ޔަގީނުންވެސް ކްލަބު ވެލެންސިޔާއަށް ފައިސާ ދީފައި ހުންނާނެއެވެ. ޔޫތު މިނިސްޓްރީގެ ބަޔާނުން ދޭހަވާ ގޮތުން އުފެދޭ ސުވާލަކީ މީގެ ކުރިން ވެލެންސިޔާއަށް ފައިސާ ދީފައިވަނީ ނަގުދު ފައިސާގެ ގޮތުގައި ސިޓީ އުރައިގައިތޯއެވެ؟ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެފްއޭއެމުން ކްލަބުތަކާ އެކު ހެދި ފައިނޭންޝަލް އެސިސްޓެންޓްސް ޕްރޮގްރާމްގެ ދަށުންދޭ ފައިސާއާއި، އިނާމު ފައިސާއާ މި ނޫންވެސް އެކިއެކި ފައިސާތައް ދީފައިވަނީ ހަމަ އެކައުންޓެއް ނެތިތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް