ads
ނިއުޔޯކްގެ ސަބްވޭ ސްޓޭޝަނެއްގައި ދީފައިވާ ހަމަަލައަށް ފަހު
އެމެރިކާގައި ދިން ހަމަލަ ތަކެއްގައި 13 މީހަކު ހޮސްޕިޓަލަށް!
އެމެރިކާގެ ނިއުޔޯކްގައި ދިން ހަމަލަތަކެއްގައި 13 މީހަކު ޒހަމްވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ނިއުޔޯކްގެ ފަޔަރ ޑިޕާޓްމަންޓުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު ބްރޫކްލިންގެ ސަބްވޭ ސްޓޭޝަނެއްގައި އެތައް ބަޔަކު ގަޔަށް ބަޑި ޖަހާފައިވާ ކަމަށާއި ނުގޮވާހުރި ޑިވައިސްތައް ވެސް ފެނިފައިވާ ކަމަށެވެ.

އެފްޑީއެންވައި އިން ބުނީ 13 މީހަކު އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

ބްރޫކްލިންގެ ސަންސެޓް ޕާކްގެ ސަބްވޭ ސްޓޭޝަނަށް ދިން ހަމަލާއެއްގައި 13 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފުލުހުން އެތަނަށް ދިޔައިރު ވަރުގަދަ ދުންގަނޑެއް ހުރިކަމަށެވެ. 

ނިއުޔޯކުގެ ގަވަރުނަރު ވިދާޅުވީ އެތަނުގެ ހާލަތު މޮނިޓަ ކުރަމުން ދާކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް