ads
މިނިސްޓަރު އައިމިނަތު ޝައުނާ
ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކައް ހެދުން: ޝައުނާ
އަދިގެ ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިއްބައިދޭ ވަސީލަތަކަށް ހެދުން ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓާ ޝައުނާ މިހެން ވިދާޅުވީ، ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓާ ޝައުނާގެ ވާހަކަފުޅުގައި، ވިދާޅުވީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކައް ހެދުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، އެކަމަށް ކުރަންޖެހޭ ކަންކަން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ފަދައިން ކުންޏަކީ އޭގެން ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި މެނޭޖްކުރުމަށްޓަކައި، އެމަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފައްދަން ޖެހޭ ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

"މި އަމާޒަށް ވާސިލް ވުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ." މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކޮށް، އިސްރާފު ކުޑަކޮށް، އުކާލެވޭތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް އެޅިގެންދާ ދުވަހެއް ކަމަށާއި، މިމަސައްކަތަކީ ގައުމީ ފެންވަރެއްގައި ހައްލެއް ހޯދުމަށް ބޭނުންވެފައިވާ މުހިއްމު މައްސަލައަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ މުވައްސަސާތަކެއް ގުޅިގެން ކުރެވިފައިވާ ނަމޫނާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ. 

"ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނީ މެޝިން ތަކެއް ގާއިމުކުރެވިގެން ނޫން. އެއީ ގެ ބިސީއާ ހިސާބުން ފެށޭ ކަމެއް. ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރި، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން، ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަންޖެހޭ. އަދި ބަދިގެ ކުންޏާއި ފަތްކުނި މެނޭޖް ކުރާނެ ގޮތްތަކެއްވެސް ހުންނާންޖެހޭ. ރައްޔިތުންނާއި، ކައުންސިލްތަކާއި، ވެމްކޯ އަދި ސަރުކާރުގެ އިދާރާތައް އެއްކޮށް މަސައްކަތްކޮށްގެން ހައްލުކުރެވެން އޮތް ކަމެއް." މިނިސްޓާ ވިދާޅުވިއެވެ.

‎މިނިސްޓާހެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު އިފްތިތާހުކުރެވޭ މިންގަނޑާއި އެއްގޮތަށް މިދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ވަސީލަތްތައް ހިމެނޭ ތަމްރީނު ޕެކޭޖެއްވެސް އެކުލަވާލެވިފައި ވާކަމަށާއި، މިވަސީލަތްތަކުގެ ބޭނުންކޮށްގެން އުކާލެވޭ ކުނިން ނަފާ ހޯދުމުގެ ކަންތައްތައް ރަށްރަށުގައި ވިލަރެސްކުރާނެ މީހުން ތަމްރީނުކުރުމުގެ މަސައްްކަތް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު މިއަދު މިވަނީ ފަހިވެފައި ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް