ads
ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް: --
އިސްލާމް ދީނުގެ ނަމުގައި، އަނިޔާވެރިވެ، ހަމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއް: ޕީޖީ
އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަސް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ޝަމީމް ވިދާޅުވީ އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ. 

"އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއް. އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެ. ޖިިނާއީ ޢަދުލުގެ ނިޒާމުން، އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ޤާއިމުކޮށްދޭނަން،" ޝަމީމް ވިދާޅުވިއެވެ. 

ޝަމީމް މިހެން ވިދަޅުވިއިރު، ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލި ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. 

މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ. 

ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ މިހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނަގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ އާންމުކޮށްފައި ވަނިކޮށެވެ. މިއީ ރާއްޖޭގައި ހިންގި މިފަދަ އަމަލެއްގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ނެގި ފުރަތަމަ ފަހަރެވެ.

މިހަމަލާގެ ޒިންމާ ނަގާފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި ދިވެހި ސަރުކާރުން ހިމަނާފައިވާ ޖަމާއަތެއް ކަަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ގޮފިން ކަމަށްވެ އެވެ.

ފުލުހުން މީގެކުރިން ބުނީ ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ރެޑްބުލް ދަނޑު ކައިރިން އެ ރޭ 8:10 ހާއިރު ކަމަށެވެ. 

މި ހަމަލާއާއި ގުޅިގެން އަނިޔާވެފައިވަނީ ޗައިނާ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އަދި މިތަނުން ޗައިނާގެ އެކަކު އެއީ ފަތުރުވެރިޔެއް ކަމަށާއި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުން ކަމަށްވެސް ފުލުހުން މައޫލޫމާތުދެ އެވެ.

ފުލުހުން ބުނީ މި ތިން މީހުންނަށް ހަމަލާދީފައިވަނީ ހެލްޓްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް