ads
ދެން ރަޝިޔާގެ ގޭހަށް ފައިސާ ދައްކަން ޖެހޭނީ ރުބެލްއިން
ރުބެލް އިން ގޭހަށް ފައިސާ ދެއްކޭގޮތް ހަދައިފި،ތަބާ ނުވާ މީހުނަށް ގޭހެއް ނުފޮނުވާނެ: ރަޝިޔާ
ރަޝިޔާއިން ވިއްކާ ގޭހަށް ރަޝިޔާ ފައިސާ ރުބެލް އިން ޕޭމަންޓް ދެއްކޭ ގޮތް ރަޝިޔާއިން ހަދައިފއިެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް އަންގާރަ ދުވަހު އިންޑިއާ ޓުޑޭއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ޚާރިޖީ އެސެޓްތަކުގެ ދެބައިކުޅަ އެއްބައި ފްރީޒްކޮށްފައިވާ ކަމަށެވެ. އެހެންވެ، ޤުދުރަތީ ގޭސް އެކްސްޕޯޓްކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މެކޭނިޒަމް އެޤައުމުގެ ދާޚިލީ ފައިސާއަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ ފާޅުކަން ބޮޑު އަދި އެންމެނަށް އެނގޭ ނިންމުމެއް ކަމަށެވެ. 

ރަޝިޔާގެ އެންމެ އިސް ޑިޕްލޮމޭޓް ވިދާޅުވީ، ހުޅަނގުން ގޭސް ގަންނަ ފަރާތްތަކުން އެގައުމުތރަކުގައި ހުންނަ ގަޒްޕްރޮމްގެ(ރަޝިޔާއިން ގޭސް ވިއްކާ ކުންފުނި) ބޭންކް އެކައުންޓްތައް ބޭނުންކޮށްގެން ގޭސް ގަންނަ ފަރާތްތަކަށް ދެން ގޭސް ގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެކަން އެހެންވަނީ ހުޅަނގުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުގެ ސަބަބުންނެވެ. 

އޭގެ ބަދަލުގައި ރަޝިޔާއިން އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށްވާ ގެޒްޕްރޮމްބޭންކް މެދުވެރިކޮށް ގޭސްގަންނަ ފަރާތްތަކަށް ފައިސާ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"މިހާރު ހުރި ކޮންޓްރެކްޓްތަކުގެ ދަށުން އެމީހުން ދަރާފައިވާ ފައިސާ ވެސް ދައްކާނެ، އެކަމަކު މި ބޭންކުގައި ހުޅުވަން ޖެހޭނެ ހާއްސަ އެކައުންޓެއް. އެއެކައުންޓް މެދުވެރިކޮށް ފައިސާ ދައްކާނެ،" ލަވްރޯފް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ، ގޭސް ގަންނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކާނީ އެމީހުން އިޚްތިޔާރުކުރާ ކަރަންސީގައި ކަމަށްވާއިރު، ގެޒްޕްރޮމްބޭންކުން އެ ފައިސާ ތައް ރުބެލްއަށް ބަދަލުކުރާނެ ކަމަށެވެ. އަދި މި ފައިސާތައް ދަތިކުރުމުގެ ފިޔަވަޅުގެ ބިރަކާ ނުލައި ރަޝިއާގެ ގޭސް ޕްރޮވައިޑަރު ގެޒްޕްރޮމް އަށް ގައުމީ ފައިސާއިން ލިބެންޖެހޭ ފައިސާ ލިބުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

"އެ މީހުންނަކަށް މި ފައިސާއެއް ބޭންކްތަކުގައި ނުބެހެއްޓޭނެ. އެމީހުންނަށް އަދިވެސް ޔޫރޯ ނުވަތަ ޑޮލަރުން ފައިސާ ދެއްކާނެ، އެކަމަކު އަހަރެމެންގެ ގެރެންޓީ ތައް ހުންނާނެ،" ލަވްރޯފް ވިދާޅުވި އެވެ.

ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ޤަރާރެއްގައި ސޮއިކުރައްވައި، ރަޝިޔާގެ ގޭސް ސަޕްލައިއަށް ފައިސާ ދެއްކޭނެ އާ ރޫބްލް ބޭސްޑް މެކޭނިޒަމެއް ތަޢާރަފްކުރައްވާފައެވެ. އެ ލިޔުމުގައި ވާގޮތުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ތައާރަފުކުރި 'ބީރައްޓެހި' ސްޓޭޓްތަކުގެ ތެރެއިން ގޭސް ގަންނަ ފަރާތްތަކުން ގޭސް ޕޭމަންޓް ތައް ބޭރު ގައުމުތަކުގެ ބޭންކުތަކުގައި ހުރި ގެޒްޕްރޮމްގެ އެކައުންޓްތައް ރަޝިއާގެ ބޭންކަކަށް ބަދަލުކުރަން ޖެހޭނެ އެވެ. 

އާ ޕޭމަންޓް މެކޭނިޒަމަށް ބަދަލުވުމަށް ދެކޮޅު ހަދާ ގައުމުތަކުން ގޭސް ސަޕްލައި ކުރުމުގެ މިހާރުގެ ކޮންޓްރެކްޓްތައް ބާތލް ކުރާނެ ކަމަށާއި، ޑެލިވަރީތައް ހުއްޓާލާނެ ކަމުގެ އިންޒާރު ރަޝިއާ ސަރުކާރުން ވަނީ ދީފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް