ads
ސަންޓާ އަނާ ފުލުހުންގެ ކާރުތަކެއް
ކާރުތަކުގައި ސަންޓާ އަނާ ފުލުުހުން އަޑުގަދަކޮށް ލަވަޖަހާ މައްސަލަ ބަލަނީ
ކާރުތަކުގައި އެމެރިކާގެ ސާންޓާ އަނާ ފުލުުހުން އަޑުގަދަކޮށް ލަވަޖަހާ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސަންޓާ ނާ ގެ ކައުންސިލް މެންބަރެއް އެ ވީޑިއޯ ކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ. 

ވީޑިއޯއަކުން ފެންނަގޮތުން ގެއްލިފައިވާ ކާރެއް ހޯދުމުގެ މަސައްކަތް ކުރަން ފުލުހުން އައިއިރު ހުރީ ވަރަށް ބާރަށް ކާރުގައި ލަވަޖަހާފައެވެ. 

އެ ވީިޑިއޯއިން ފެންނަގޮތުން ކައުންސިލް މެންބަރު ވަނީ އެތައް ފަހަރެއްގެ މަތިން އަޑުމަޑު ކުރުމަށް ފުލުހުންގެ ކައިރިން އެދިފައެވެ. ނަމަވެސް ފުލުހުން ލަވަޖެހުން ހުއްޓައެއް ނުލައެވެ. 

"އަޅުގަޑުމެން ދިރިއުޅޭ ހިސާބުގައި އުޅޭ މީހުންނަށް އިހުތިރާމް ކުރައްވާ. ކުޑަކުދިން ވެސް ދިރިއުޅޭ ސަރަހައްދެއް މީ،" ފަނަރަ ވަރަކަށް މިނެޓަށް ދިގު ދެމިގެންދާ ވީޑިއޯގައި ކައުންސިލް މެންބަރު ބުނެފައިވެއެވެ. 

ރައްދުގައި ފުލުހުން ބުނެފައިވަނީ ލަވަޖަހަނީ އެމީހުންގެ ވީޑިއޯއެއް ކޮށް ސޯސަލް މީޑިއާއަށް ލައިފާނެތީކަމަށެވެ. 

"ބާރުކޮށް ލަވަޖެހީމަ ސޯސަލް މީޑިއާއަށް އަޅުގަނޑުމެންގެ ވީޑިއޯލިއަސް ކޮޕީރައިޓްސް މައްސަލައިގައި ވީޑިއޯތައް ޑިލީޓް ކުރާނެ،"  ފުލުސް މީހާ ބުނެފައިވެއެވެ. 

މި މައްސަލަ ވަނީ އެ ސިޓީގެ ކައުންސިލްގެ ސަމާލުކަމަށްވެސް އައިސްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް