ads
ސަހަލީން ގައި ހަދާފައިވާ ޕްލެޓްފޯމެއް
ޖަޕާނުން ރަޝިޔާއާ އެކު ކުރާ ގޭހުގެ ވިޔަފާރި ހުއްޓާނުލާ ސަބަބު!
ޖަޕާނުން ރަޝިޔާއާ އެކު ކުރާ ގޭހުގެ ވިޔަފާރި ހުއްތާ ނުލާ ސަބަބު ހާމަ ކޮށްފިއެވެ.

ޖަޕާނުގެ އިންޑަސްޓްރީ މިނިސްޓަރު ހުކުރު ދުވަހު އިންޒާރު ކުރައްވާފައި ވަނީ ރަޝިއާގެ އިރުމަތީގައި ހިންގާ ސަޚަލީން ހަކަތައިގެ މަޝްރޫއުތައް ދޫކޮށްލުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް ދަތިވާނެ ކަމަސައި، ރަޝިޔާއަށް ފައިދާވާނެ ކަމަށެވެ.

"ޖަޕާނުން މި މަޝްރޫއުން ވަކިވެ، ރަޝިޔާއިން ނުވަތަ ތިންވަނަ ގައުމަކުން މި ކޮންސެޝަންތައް ހޯދައިފިނަމަ، ވަސީލަތްތަކުގެ އަގުތައް އިތުރަށް އުފުލި، ރަޝިޔާއަށް ފައިދާވެދާނެ، މިކަމުގެ ސަބަބުން ހަރުދަނާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅޭކަށް ނޯންނާނެ" އިކޮނޮމީ، އިންޑަސްޓްރީ އެންޑް ޓްރޭޑް މިނިސްޓަރު ކޮއިޗީ ހަގިއުޑާ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ރަޝިއާގެ ދުރު އިރުމަތީގެ ސަޚަލީން އައިލެންޑުގެ އައްސޭރިފަށުގައި އޮންނަ ސަޚަލީން-1 އޮއިލް އެންޑް ގޭސް ޕްރޮޖެކްޓާއި ސަޚަލީން-2 އަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު އެއް އިންޓަގްރޭޓެޑް އޮއިލް އެންޑް ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) މަޝްރޫއު އެވެ. 

ސަޚަލީން-2 އޮޕަރޭޓް ކުރަނީ ރަޝިއާގެ ގެޒްޕްރޮމް (50%)، އިނގިރޭސިވިލާތުގެ ޝެލް (27.5%)، އަދި ޖަޕާނުގެ މިޓްސުއީ (12.5%) އަދި މިޓްސުބިޝީ (10%) ގުޅިގެންއުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކުންނެވެ.

ހަގިއުޑާގެ މި ވާހަކަތައް އައިސްފައި މިވަނީ އިނގިރޭސި މީޑިޔާގައި ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭގައި ބުނެފައިވަނީ މޮސްކޯއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ސަޚަލީން-2 މަޝްރޫއުގެ ހިއްސާ ވިއްކުމަށް ޝެލްކުންފުނިން  ޗައިނާގެ ތެޔޮ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް