ads
ފޮޓޯ: ހައްޖު ކޯޕަރޭޝަން
މިއަހަރު ރާއްޖެއަށް ލިބުނީ އެންމެ 453 ހައްޖު ކޯޓާ
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެ އިން ދެވޭނީ އެންމެ 453 މީހުނަށް ކަމަށް ސައުދީން އާއްމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބޭ އެއް މިލިއަން މީހުންގެ ތެރެއިން 85 އިންސައްތަ އަކީ ސައީދު ނޫން އެހެން ގައުމު ތަކުގެ މީހުން ކަމަށް ވާއިރު، ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވަނީ 453 ކޯޓާ ކަން މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓުން އާއްމުކުރި ލިސްޓުގައި ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް މީގެ ކުރިން ރާއްޖެއަށް 1000 ހައްޖު ކޯޓާ ސައުދީ ސަރުކާރުން ދިޔައީ ދެމުންނެވެ. އަދި މިއީ ރާއްޖެއިން މީހުން ހައްޖަށް ދާންފެށި ފަހުން އެންމެ މަދުން ކޯޓާ ލިބުނު ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ. 

މިކަމާއި ގުޅޭ ގޮތުން އިސްލާމިކު މިނިސްޓްރީގެ އޮފިޝަލަކު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަހަރުގެ ހައްޖު ކޯޓާ އާއި ގުޅޭގޮތުން އަދި މިހާތަނަށް ސައުދީ ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ. އަދި ރަސްމީކޮށް ސައުދީ ސަރުކާރުން ހައްޖު ކޯޓާ އާއި ގުޅިގެން މައުލޫމާތު ދިނުމުން އެކަން ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ. 

މަސްޖިދުލް ހަރަމްގެ ޓުވިޓާ އެކައުންޓުން އާއްމުކުރި ލިސްޓުގައި ވާގޮތުން މިއަހަރު އެންމެ ގިނަ ކޯޓާ ލިބިފައިވަނީ، އިންޑޮނޭޝިޔާ އަށެވެ. އެގައުމަށް 100،051 ކޯޓާ ދިނުމަށް ނިންމާފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ކޯޓާ ދީފައި ވަނީ ޕާކިސްތާނަށެވެ. ޕާކިސްތާނަށް 81،132 ކޯޓާ ލިބިފައިވާއިރު 79،237 ކޯޓާ އާއި އެކު ތިން ވަނައަށް އެންމެ ގިނަ ކޯޓާ ލިބިފައިވަނީ އިންޑިޔާ އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް