ads
މޮސްކްވާ: ރަޝިޔާގެ ހަނގުރާމަ މަތީ އެންމެ ބޮޑު އެއްބޯޓު
އަޑިޔަށް ދިޔަ ރަޝިޔާ ބޯޓުން އެކަކު މަރުވެ 27 މީހުން ގެލުނު: ރަޝިޔާ
އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްލެކް ސީ ފްލީޓްގެ ފްލެގްޝިޕް މޮސްކްވާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ، އޭގައި ހުރި ގޮވާތަކެތި ގޮވުމުގެ ސަބަބުން ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ބުނެފިއެވެ.

އަދި ސިފައިންގެ މީހަކު މަރުވެ އިތުރު 27 ފަޅުވެރިން ގެއްލިފައިވާ ކަމަށާއި އަލިފާން ނިއްވުމަށް ފަޅުވެރިން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

އެ ބޯޓު އަޑިއަށް ގޮސްފައިވަނީ އޭގައި އަލިފާން ރޯވެގެން ކަމަށް ރަޝިޔާއިން ބުނިކަމުގައިވިޔަސް ޔޫކްރެއިން އިން ވަނީ އެ ބޯޓު ވައްޓާލާފައިވަނީ އެގައުމުގެ މިސައިލްތަކުން ކަމަށް ބުނެފައެވެ.

"ބޯޓު ސަލާމަތް ކުރުމަށް ޓަކައި ކުރި މަސައްކަތުގައި، އެއް އެކަކު މަރުވެ، އިތުރު 27 ފަޅުވެރިން ވަނީ ގެއްލިފައި. ބާކީ ތިބި 396 ފަޅުވެރިން ކްރޫޒަރ އިން ބާލައި ބްލެކް ސީ ފްލީޓްގެ އެހެން ބޯޓުތަކަށް، ގެންދެވުނު،" ރަޝިޔާގެ ދިފާއީ މިނިސްޓްރީން ބުންޏެވެ.

މޮސްކްވާގެ ގިނަ އޮފިސަރުންނާއި މިޑްޝިޕްމަނުންނާއި ސެއިލަރުން ވަނީ ބްލެކް ސީ ފްލީޓްގެ ބޯޓުތަކުގައި ހިދުމަތް ކުރުމުގައި ދެމި ތިބެން ބޭނުންވާކަން ހާމަކޮށްފަ އެވެ.

ދިފާއީ ވުޒާރާއިން ބުނީ މޮސްކްވާގެ ފަޅުވެރިންގެ ކިބައިން ގެއްލިފައިވާ އަދި މަރުވި މީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް