ads
ފޮޓޯ: ސޯޝަލް މީޑިއާ
ބަސް އެކްސިޑެންޓެއްގައި އަށް އުމްރާވެރިން މަރު ވެއްޖެ
މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އަށް އުމްރާވެރިއަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓު ހިނގުމަށް މެދުވެރިވީ ބަސް ދުއްވަން އިން ޑްރައިވަރަށް ބަސް ކޮންޓްރޯލް ނުކުރެވިގެން ކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. 

މި އެކްސިޑެންޓާއި ގުޅިގެން ސައުދީގެ ނޫސްތަކުން ބުނެފައިވަނީ، އެކްސިޑެންޓު ހިނގީ މަދީނާއަލް މުނައްވަރާ މަގުގައި ކަމަށާއި، އެކްސިޑެންޓުގައި މިހާތަނަށް އަށް މީހުން މަރުވެފައި ވާއިރު، 43 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. 

ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ސައުދީގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. 

މި އެކްސިޑެންޓު ސައުދީގެ ކަމާއި ބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ނޫސްތަކުގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް