ads
ޖަރުމަނުގެ ކުރީގެ ޗާންސެލަ ގެރާޑް ޝްރޯޑަ އަދި ރަޝިޔާގެ ރައީސް ޕުޓިން
ރަޝިޔާގެ ގޭހާ ނުލައި ޖަރުމަނަކަށް ނޫޅެވޭނެ: ކުރީގެ ޗާންސެލަ
ރަޝިޔާގެ ގޭހާ ނުލައި ޖަރުމަނަކަށް ނޫޅެވޭނެ ކަމަށް އެގައުމުގެ ކުރީގެ ޗާންސެލަ ވިދާޅުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ކުރީގެ ޗާންސެލަ ގެރްހާޑް ޝްރޯޑަ ވިދާޅުވީ، ޖަރުމަނުވިލާތުގެ ސިނާއީ ބާރު ދެމެހެއްޓުމަށް ޓަކައި ރަޝިޔާގެ ހަކަތައިގެ ބިޔަ ސަޕްލައި ޖަރުމަނަށް ބޭނުންވާ ކަމަށެވެ.

ރަޝިޔާގެ ތެލާއި ގޭސް އެތެރެކުރުން މަނާކުރުމަށް ގޮވާލާ ގޮވާލުންތަކާ ޖަރުމަނުވިލާތުގެ ލީޑަރުން ދަނީ ދުރުވަމުންނެވެ.

ނިއުޔޯކް ޓައިމްސްއިން ހޮނިހިރު ދުވަހު ވަނީ، ރަޝިޔާ-ޖަރުމަނު ނޯޑް ސްޓްރީމް ޕައިޕްލައިން އެޅުމުގެ މަސައްކަތް ބެއްލެވި އަދި ރަޝިޔާގެ ހަކަތައިގެ ގިނަ ކުންފުނިތަކަށް ލަފާއެރުވުމަށް ވަޑައިގެންނެވި އެ ގައުމުގެ ކުރީގެ ޗާންސެލަ ޝްރޯޑަރއާއެކު ހޮނިހިރު ދުވަހު އިންޓަރވިއުއެއް ޝާއިއު ކޮށްފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަރިސް ބޭފުޅެއްގެ ގޮތުގައި އަދިވެސް ހުންނެވި ޝްރޫޑަރއަށް ވަނީ، ރަޝިޔާގެ ގޭހަށް ޖަރުމަނު ވިލާތް ބަރޯސާވާ މިންވަރު އިތުރުކުރުމުގައި އަދާކުރެއްވި ދައުރުގެ ސަބަބުން ގައުމުގައި ވަރަށް ބޮޑެތި ފާޑުކިއުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ނަމަވެސް، އޭނާގެ އަށް ފަހު ޗާންސެލަރަކަށް ހުނަނެވި އެންޖެލާ މާކެލް ވަނީ، އެއަށް ބަރޯސާވުން ކުޑަކުރުމަށް ދެކޮޅު ހައްދަވާފައެވެ. އޭނާގެ އެންމެތާއީދު ކުރާ ފުޓުބޯޅަ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑްއިން ވަނީ ޕުޓިން ކުށްވެރިކުރުމަށް ގޮވާލާފައެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް