ads
ވިޕްޑް ފްރޯޒަން ލެމަނޭޑް
ސީއެންއެމް ބަދިގެ: ވިޕްޑް ފްރޯޒަން ލެމަނޭޑް
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "ވިޕްޑް ފްރޯޒަން ލެމަނޭޑް" މި ބުއިން ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ހަކުރު
  • 1/2 ޖޯޑު ފެން
  • 1 ލުނބޯ ތޮށި 
  • 1/2 ޖޯޑު ލުނބޯ ހުތް 
  • 1 ޖޯޑު ކާށި ކިރު
  • 2 1/2 ޖޯޑު އައިސް ކިޔުބް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތަވައަކަށް ހަކުރާއި ފެނާއި އަޅައިފައި ކައްކަމުން ހަލަމުން ގެންދާށެވެ. ދެން އޭގެ ތެރެއަށް ލުނބޯ ތޮށި އަޅައި ހެލުމަށްފަހު އުނދުނުން ބާލާށެވެ. އަދި އޭގެ މަތި ބަންދުކޮށްފައި އެއް ގަޑި އިރު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފުރޭންޏަކުން ފުރާނާލައި ލުނބޯ ތޮށިތައް އުކާލާށެވެ. އޭރުން ސިރަޕް ތައްޔާރުވީއެވެ. ވިޕްޑް ލެމަނޭޑް ތައްޔާރު ކުރުމަށްޓަކައި 1/2 ޖޯޑު ސިރަޕް، ލުނބޯ ހުތް، ކާށި ކިރު އަދި އައިސް ކިޔުބް މިކްސަރަށް އެޅުމަށްފަހު މިކްސްކޮށްލާށެވެ. ރަނގަޅަށް މިކްސްވުމުން ވިޕްޑް ފްރޯޒަން ލެމަނޭޑް ތައްޔާރުކޮށް ނިމުނީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް