ads
މޭޝްޑް ޕޮޓޭޓޯ ޕޭން ކޭކް
ސީއެންއެމް ބަދިގެ: މޭޝްޑް ޕޮޓޭޓޯ ޕޭންކޭކް
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "މޭޝްޑް ޕޮޓޭޓޯ ޕޭންކޭކް" ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 2 ޖޯޑު އަލުވި (ޗަސްކޮށްފައި)
  • 1 ބިސް
  • 1/3 ޖޯޑު ފުށް
  • 2 މޭޒުމަތީ ސަމްސާ ކައިވްސް (ކުދިކޮށް ކޮށާފައި)
  • 1 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
  • 1/2 ސައި ސަމްސާ ލޮނު
  • 1/4 ސައި ސަމްސާ އަސޭމިރުސް
  • 1/2 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ބޯތައްޓަކަށް އަލުވި، ބިސް، ފުށް، ކައިވްސް، ޗީޒް، ލޮނު އަދި އަސޭމިރުސް އަޅައިއެއްކޮށްލާށެވެ. ދެން ބޮޑު ތައްޓެއްގައި ޓިޝޫ އަޅައި ރެޑީކޮށްފައި ބަހައްޓާށެވެ. އެއީ ޕޭންކޭކް ތެލުލާފައި އެޅުމަށެވެ. ދެން ބޮޑު ތެއްޔަކަށް ތެޔޮ އަޅައި ހޫނުކުރަން އުނދާށެވެ. ތެޔޮގަނޑު ހޫނުވުމުން އެއްކުރި އަލުވި ފުށްގަނޑުން އެތިއެތި ކޮޅު ނަގައި ޕޭންކޭކް ބައްޓަމަށް ހަދައި ތެލުލަން ލާށެވެ. ޕޭންކޭކް ތަކުގެ ކޮންމެ ފަޅިއެއް ރަނގަޅަށް ފިހެވުމަށް 3 ނުވަތަ 4 މިނެޓު ވަރު ނަގާނެއެވެ. ރަނގަޅަށް ތެލުލެވުމުން ޓިޝޫ އަޅައި ތައްޔާރު ކުރި ތައްޓަށް ޕޭންކޭކް އަޅައިލާށެވެ. މިގޮތަށް ޕޭންކޭކް އަޅައި އިރު އެއް ޕޭންކޭކް މަތީގައި އަނެއް ޕޭންކޭކް ބާއްވާލާށެވެ. އަދި އޭގެ މައްޗަށް ބޭނުން ނަމަ ސަވާ ކްރީމް އަޅައިގެން ވެސް ޕޭންކޭކް ކާލެވިދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް