ads
ސީއެންއެމް ބަދިގެ: ޗޮކޮލެޓު ޗިޕް ކުކީ ބާސް
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "ޗޮކޮލެޓު ޗިޕް ކުކީ ބާސް" ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 2 1/4 ޖޯޑު ފުށް
  • 1 މޭޒުމަތީ ސަމްސާ ކޯން ސްޓާޗް
  • 1 ސައި ސަމްސާ ބޭކިން ސޮޑާ
  • 1 ސައި ސަމްސާ ލޮނު
  • 1/2 ސައި ސަމްސާ ބޭކިން ޕައުޑާ
  • 1 ޖޯޑު ބަޓަރު (ދިޔާކޮށްފައި)
  • 1 ޖޯޑު ބްރައުން ސުގާ
  • 1/2 ޖޯޑު ހަކުރު
  • 1 1/2 ސައި ސަމްސާ ވެނިލާ އެސެންސް
  • 2 ބިސް
  • 1 ބިހުގެ ގޮބޮޅި
  • 2 ޖޯޑު ޗޮކޮލެޓު ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 350 ޑިގްރީ އަށް ހޫނުކޮށްލާށެވެ. ދެން ފިހަންލާ ތަށީގައި ބޭކިން ޝީޓެއް އަޅައިލައި އޭގައި ތެޔޮ ހާކާލައި ރެޑީކޮށްލާށެވެ. އެއަށްފަހު ބޮޑު ބޯތައްޓަކަށް ފުށާއި، ކޯންސްޓާޗް، ބޭކިން ސޮޑާ، ލޮނު އަދި ބޭކިން ޕައުޑާ އަޅައި 30 ސިކުންތު ވަންދެން އެއްކޮށްލާށެވެ. ދެން އެހެން ބޯތައްޓަކަށް ބަޓަރާއި، ބްރައުން ސުގާ، ހަކުރު އަދި ވެނީލާ އެސެންސް އަޅައި ރަނގަޅަށް މިކްސްކޮށްލާށެވެ. މިފަހަރު ބަޓަރުތައް މިކްސް ކުރުމަށް އިލެކްޓްރިކް މިކްސަރެއް ބޭނުން ކުރުމުން ފަސޭހަވާނެއެވެ. އެއަށްފަހު އޭގެ ތެރެއަށް ބިހާއި ބިހުގެ ގޮބޮޅި އަޅައި 1 މިނެޓު ވަންދެން އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން އެއްކުރި ފުށްތައް އަޅައިލައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް ޗޮކޮލެޓު ޗިޕްސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރު ކުރި ފިހަންލާ ތައްޓަށް އަޅައިލާށެވެ. އަދި 30 މިނެޓާއި 35 މިނެޓާއި ދެމެދު ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން އަވަނުން ނަގައި ހިހޫ ކުރަން ބަހައްޓާށެވެ. އަދި ހިހޫ ވުމުން ހަތަރު ފަޅިއަށް ވާނެ ހެން ބޭނުން ސައިޒަކަށް ކަފާލާށެވެ. އޭރުން ޗޮކޮލެޓު ޗިޕް ކުކީ ބާސް ތައްޔާރުކޮށް ނިމުނީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް