ads
ސީއެންއެމް ބަދިގެ: މޯނިން ގްލޮރީ މަފިން
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "މޯނިން ގްލޮރީ މަފިން" ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 3/4 ޖޯޑު ފުށް
  • 3/4 ޖޯޑު އާޓާ ފުށް
  • 3/4 ޖޯޑު ބްރައުން ސުގާ
  • 1/2 ސައި ސަމްސާ ލޮނު
  • 1 1/2 ސައި ސަމްސާ ބޭކިން ސޮޑާ
  • 1/4 ސައި ސަމްސާ ބޭކިން ޕައުޑާ
  • 2 ސައި ސަމްސާ ފޮނިތޮށި (ހިމުންކޮށްފައި)
  • 1/4 ސައި ސަމްސާ ނަޓްމެގް (ހިމުންކޮށްފައި)
  • 1/4 ސައި ސަމްސާ އޯލްސްޕައިސް (ހިމުންކޮށްފައި)
  • 3 ބިސް
  • 3/4 ޖޯޑު ތެޔޮ
  • 1/4 ޖޯޑު މާމުއި
  • 1 ސައި ސަމްސާ ވެނިލާ އެސެންސް
  • 1 1/4 ޖޯޑު ކެރެޓު (ގާނާފައި)
  • 1 އާފަލު (ތޮށި މަށާފައި، ގާނާފައި)
  • 1 އޮރެންޖްގެ ތޮށި
  • 1/2 ޖޯޑު ހިއްކާފައި ހުންނަ މޭބިސްކަދުރު
  • 1/2 ޖޯޑު ވަލްނަޓްސް (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 400 ޑިގްރީ އަށް ހޫނުކޮށްލާށެވެ. ދެން މަފިން ފިހާ ތަށީގައި ބަޓަރު ހާކާލާށެވެ. އެއަށްފަހު ބޯތައްޓަކަށް ފުށް، ހަކުރު، ލޮނު، ބޭކިން ސޮޑާ، ބޭކިން ޕައުޑާ، ފޮނިތޮށި، ނަޓްމެގް އަދި އޯލްސްޕައިސް އަޅައި އެއްކޮށްލާށެވެ. ދެން އެހެން ބޯތައްޓަކަށް ބިސް ގިރާށެވެ. ބިސް ގިރުމުން އޭގެ ތެރެއަށް ތެލާއި، މާމުއި، ވެނިލާ އެސެންސް، ކެރެޓު، އާފަލު، އޮރެންޖު ތޮށި، ހިއްކާފައި ހުރި މޭބިސްކަދުރު އަދި ވަލްނަޓްސް އަޅައި އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން އެއްކުރި ފުށް މިކްސްޗާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަފިން ފިހާ ތަށިތަކަށް ފުށްގަނޑު އަޅައިލާށެވެ. އަދި 22 މިނެޓާއި 25 މިނެޓާއި ދެމެދު ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން މަފިން ތައްޔާރުކޮށް ނިމުނީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް