ads
ލޫކަސް ޖަލީލު އޭނާގެ ބައްޕަ މުހައްމަދު ޖަލީލާއެކު
ގިނަ އަތޮޅުތަކެއްގައި އަތޮޅުވެރިކަން ކުރެއްވި ޖަލީލު އަވަހާރަ ވެއްޖެ
ރާއްޖޭގެ 13 އަތޮޅެއްގައި އަތޮޅުވެރިކަން ތަފާތު އެތައްފަހަރަކު ކުރައްވާފައިވާ ބ.ކުޑަރިކިލު މުހައްމަދު ޖަލީލީ މިއަދު އަވަހާރަ ވެއްޖެއެވެ.

ޖަލީލު ވަނީ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. އަތޮޅު އޮފީސްތައް ހިންގެވުމަށް 26 ފަހަރެއްގެ މަތިން ހަވާލުވެވަޑައިގެންނެވިއެވެ. 

ވަރަށް ގިނަ ދުވަސްތަކެއްވަންދެން އާލާސްކަން ފުޅާ އުޅުއްވުމަށްފަހު ޖަލީލު އަވަހާރަވީ އޭނާގެ ގޭގައި މިއަދު ހެނދުނުއެވެ. އުމުރުފުޅުން 74 އަހަރުގައެވެ.

ޖަލީލުވަނީ އޭނާ ނިސްބަތްވާ ރަށުގެ ކުޑަކަތީބުކަމާއި، މަދަރުސާގެ ނާޒިރުކަމާއި، ގާޒީ ކަންވެސް ކުރައްވާފައެވެ. 

ދިގުމުއްދަތަކަށް ދައުލަތަށް ހިދްމަތް ކުރެއްވި ޖަލީލު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަމާއި އެ އަތޮޅު ކުރިއަރުވާ ކޮމެޓީގެ މެމްބަރުކަމުގެ އިތުރުން އެ އަތޮޅުގައި ހުންނަ އެޓާނީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމު އަދާ ކުރައްވާފައެވެ. 

ޖަލީލް އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ އެޓޯލްސް މިނިސްޓްރީގަ އެވެ.

އެޓޯލް މިނިސްޓްރީގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި  އިންވެސްޓިގޭޓަރުކަމާއި، ސީނިއާ އިންވެސްޓިގޭޓަރުކަމާއި، ވަކީލުކަމުގެ އިތުރުން ސީނިއާ އަންޑަސެކްރެޓަރީކަމާއ، ޑިރެކްޓަރުކަންވެސް ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް