ads
ސީއެންއެމް ބަދިގެ: މިލްކް ޗޮކޮލެޓު ކޮފީ ފަޖް
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "މިލްކް ޗޮކޮލެޓު ކޮފީ ފަޖް" ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ގެރި ކިރު ދަޅު
  • 1 ޖޯޑު ބްރައުން ސުގާ
  • 2 މޭޒުމަތީ ސަމްސާ ގްލޫކޯޒް ސިރަޕް
  • 125 ގްރާމް ބަޓަރު (ކޮށާފައި)
  • 2 ސައި ސަމްސާ ކޮފީ ޕައުޑާ
  • 200 ގްރާމް މިލްކް ޗޮކޮލެޓު (ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފިހަންލާ ތަށީގައި ބޭކިން ޝީޓް އަޅައި އޭގައި ތެޔޮ ހާކާލާށެވެ. އެއަށްފަހު ތަވައަކަށް ގެރި ކިރު، ބްރައުން ސުގާ، ގްލުކޯޒް ސިރަޕް، ބަޓަރު އަދި ކޮފީ ޕައުޑާ އަޅައި ކައްކާށެވެ. ހަލަމުން 10 މިނެޓު ވަންދެން ކައްކާށެވެ. ތަވައިން ނެއްޓޭ ގޮތަށް ވަންދެން ހަލަމުން ކައްކަމުން ދާށެވެ. އެއަށްފަހު އުނދުނުން ބާލައި ދުރުގައި ބަހައްޓާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި މިލްކް ޗޮކޮލެޓު އަޅައި ޗޮކޮލެޓު ތައް ދިޔާ ވަންދެން ހަލާށެވެ. އެއަށްފަހު ތައްޔާރު ކުރި ތައްޓަށް އަޅައި އައިސް އަލަމާރި އަށް ފިނި ކުރަން ލާށެވެ. އަދި ފިނި ވުމުން ކަފާލައި ކާލާށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް