ads
މިފަހަރުވެސް ފްރާންސްގެ ރައީސަކަށް މެކްރޮން
ފްރާންސްގެ ރައީސްކަށް މިފަހަރުވެސް މެކްރޮން
ފްރާންސްގެ ރައީސަކަށް މިފަހަރުވެސް، މިހާރު ހުންނެވި ރައީސް އެމެނުއެލް މެކްރޮން ހޮވިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ގައުމުގެ ދާހިލީ ވުޒާރާއިން ކުރި އިއުލާނާ އެއްގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް އެމަނުއެލް މެކްރޯން %58.55 ހޯއްދެވިއެވެ. މެކްރޮންގެ ވާދަވެރިޔާ، ނޭޝަނަލް ރެލީ ޕާޓީގެ ލީޑަރު މާރިން ލެ ޕެންއަށް ލިބިވަޑައިގެންނެވީ %41.45 އެވެ.

ފަރަންސޭސި ކޮންސްޓިޓިއުޝަނަލް ކައުންސިލުން މިހަފްތާގެ މެދުތެރޭގައި ދާއިމީ ނަތީޖާ އެއްކޮށް ނިންމައި އިއުލާން ކުރާނެއެވެ. 

ލެ ޕެން ވަނީ ބަލި ގަބޫލު ކުރައްވާފައެވެ. އަދި ފްރާންސަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި ދެމިހުންނަވާނެ ކަމަށް ވައުދުވެވަޑައި ގެންނެވިއެވެ. ހާއްސަކޮށް، ލެ ޕެން ވިދާޅުވީ، އެކަމަނާގެ ސިޔާސީ ހަރަކާތުން މަޖިލިސް އެގައުމުގެ މަޖިލިސް އިންތިހާބުގައި ވަރުގަދައަށް ވާދަ ކުރައްވާނެ ކަމަށެވެ. 

ވޯޓުލުން ނިންމާލާފައިވަނީ އެގައުމުގެ ގަޑިން 20:00 ގައެވެ. ވޯޓުލީ މީހުންގެ ނިސްބަތަކީ 73.07 އިންސައްތައެވެ. 

ފްރާންސްގެ ރައީސް ކަމަށް އިންތިހާބު ކުރަނީ ފަސް އަހަރަށެވެ. މި އިންތިހާބުގައި ގާތްގަނޑަކަށް 49 މިލިއަން ރައްޔިތުންނަށް ބައިވެރިވެވޭނެ އެވެ. ފުރަތަމަ ބުރު ބާއްވާފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެބުރުގައި 12 ކެންޑިޑޭޓަކު ބައިވެރިވި އެވެ. އެންމެ ގިނަ ވޯޓު ލިބިގެން ދެވަނަ ބުރަށް ދިޔައީ މެކްރޮން އާއި ލެޕެންއެވެ. ފުރަތަމަ ބުރުގައި މިހާރުގެ ދައުލަތުގެ ވެރިޔާ މެކްރޮން އަށް  ލިބުނީ 27.84 އިންސައްތަ ވޯޓެވެ. ނޭޝަނަލް ރެލީގެ ލީޑަރު ލެޕެން އަށް  ލިބުނީ 23.15 އިންސައްތަ ވޯޓެވެ.

2017 ވަނައަހަރު ބޭއްވި އިންތިހާބުގައި މެކްރޮން އަށް ލިބުނީ 66.1އިންސައްތަ ވޯޓެވެ. ލެޕެންއަށް އެފަހަރު ލިބުނީ 33.9 އިންސައްތަ ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް