ads
ސާރާ އާއި ކާތިކް--
ލަވް އާޖް ކަލްގެ އާ ލަވައެއް ނެރެފި
ކާތިކް އާރިޔާން އާއި ސާރާ އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު، ލަވް އާޖް ކަލްގެ އާ ލަވައެއް ނެރެފި އެވެ. އިއްޔެ ނެރެފައި މިވަނީ މި ފިލްމުގެ ތިން ވަނަ ލަވައެވެ.

"މެހްރެމާ" ގެ ނަން ދީފައިވާ މި ލަވައަކީ މަޑުމައިތިރި ލަވައެކެވެ. އެގޮތުން ސާރާ އާއި ކާތިކްގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ދެމީހުން ދެރަވެގެން އުޅޭ މަންޒަރު މި ލަވައިން ފެނިގެންދެ އެވެ. 

އެގޮތުން ލަވަކިޔުންތެރިޔާ، ދަރްޝަން ރާވަލް އާއި އަންތަރާ މިތުރާ ކިޔާފައިވާ މިލަވައިގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ޕްރިތަމް އެވެ. 

ލޯބިވެރިންގެ ދުވަހު ސިނަމާތަކަށް އަންނަ ފިލްމު، ލަވް އާޖް ކަލްގައި ސާރާ އާއި ކާތިކް އެކުގައި ފެނިގެންދާއިރު މިދިޔަ އަހަރުގެ ފަހުކޮޅުއްސުރެ ކާތިކް އާއި ސާރާގެ މެދުގައި ގުޅުމެއް އޮންނަކަމަށް ބުނެ އަޑުތައް އެރި އެވެ. ނަމަވެސް ދާދި ފަހުން ސާރާ ވަނީ އެކަން ދޮގުކޮށްފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް