ads
ކަރާ ދަނޑެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް
ރޯދަމަސް ނިމެން ހަފްތާއަކަށް! ކަރާގެ އަގު މައްޗަށް!
ރޯދަމަސް ނިމެން ހަފްތާ އަކަށް ވެފައިވާއިރު މާލޭ ބާޡާރުގައި ކަރާގެ އަގު މައްޗަށް ހިނގައްޖެއެވެ.

ރޯދަމަސް ފެށުނުއިރުވެސް ކަރާގެ އަގުތައް މާލޭގެ ބާޒާރުގައި ހުރީ ބޮޑުކޮށެވެ. އެހެންނަމަވެސް ފަހުން އަގުތައް ކޮންމެވެސް ވަރަކަށް ދަށްވިއެވެ.

މިހާރު ކަރާ ކިލޯއެއް ލިބެނީ 25ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އެއީ ރޯދަމަސް ފެށުނު އިރުވެސް ހުރި އަގެވެ.

ކަރާގެ އަގު މިހާރު އުފުލިފައިވަނީ ކަރާ ލިބުން ދަތިވުމުގެ ސަބަބުންނެވެ. މިހާރު ތޮއްޑޫން ކަރާ ލިބުން ވަނީ އެއްކޮށް ހުއްޓިފައެވެ. ތޮއްޑޫގައި ހެއްދި ކަރާތައް އެންމެފަހުން ގަނެފައިވަނީ އެސްޓީއޯއިންނެވެ. 

އެހެންނަމަވެސް އެސްޓީއޯގެ އެގްރި ސެންޓަރުގައިވެސް މިހާރު ކަރާ ނެތެވެ. އެގްރިސެންޓަރުން ކަރާ ގަންނަނީ އެތާނގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ އަތުން އެކަންޏެވެ. 

ތޮއްޑޫ ކައުންސިލުން ބުނީ ކަރާގެ ޑިމާންޑާ އެއްވަރަސޤ ނުއުފެއްދިގެން ނުލިބެނީ ކަމަށޤ ވެދާނެ ކަމަށެވެ. އެހެންނަމަވެސް އެހެން އަހަރު ތަކާ ހިލާފަށް މިއަހަރަކީ ތޮއްޑޫގައި ކަރާގެ ވިޔަފާރި ވަރަށް ރަނގަޅު އަހަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް