ads
ޓްރީޓޮޕް ހޮސްޕިޓލުން ސްލީޕް އަދި ސްނޯރިން ކްލިނިކްގެ ހިދްމަތް ދެނީ
ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީ ޓޮޕުން ފަރުވާ ކުރަން ފަށައިފި
ނިދުމުގައި ދިމާވާ މައްސަލަތަކަށް ހާއްސަކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތެއް ދޭ ފަށައިފި އެވެ.

ސްލީޕް އަދި ސްނޯރިންގް ނަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލު ގާއިމު ކުރި ކްލިނިކުން ނިދުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ސްލީޕް އެޕްނިއާ (ނިދާފައި އޮންނައިރު އެކި ފަހަރު މަތިން ނޭވާ ހުއްޓުމާއި، ގުގުރި ދެމުން) އަށް ފަރުވާ ދިނުން ހިމެނެއެވެ. ސްލީޕް އެޕްނިއާގެ އެންމެ އާއްމު ވައްތަރަކީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އެވެ.

ސްލީޕް އެޕްނިއާގެ މައިގަނޑު އަލާމާތްތަކަކީ، ނިދުމުގެ ތެރޭގައި ނޭވާ ހުއްޓިފަ ފެށުމާއި، ނިދާފައި އޮންނައިރު ގުގުރި ދެމުމާއި ކުއްލި ސިހުމުގެ އަޑު އަދި ދުވާލު ގަޑީގައި ވަރު ބަލިވުން ހިމެނެ އެވެ. 

ގުގުރި ދެމުމަށް މެދުވެރިވާ ސަބަބަކީ މީހާގެ ދޫ، އަނގަ، ކަރުތެރެ ނުވަތަ ނޭފަތް ނޭވާލާއިރު ގުޑުމެވެ. މިއިން އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިންމުކަމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސްލީޕް އަދި ސްނޯރިންގް ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން ރާޖާލިންގަމް އެވެ. ފުއްޕާމޭގެ ހާއްސަ ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި 10 އަހަރައްވުރެ ގިނަ ދުވަހު ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. 

މީގެ އިތުރުން ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސާޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމް އަދާކުރައްވާ ބޭފުޅެކެވެ.    

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް