ads
ސީއެންއެމް ބަދިގެ: ސްޓްރޯބެރީ ބޭސިލް ރިފްރެޝާ
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "ސްޓްރޯބެރީ ބޭސިލް ރިފްރެޝާ" މި ބުއިން ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 2/3 ޖޯޑު ލުނބޯ ހުތް
  • 1/2 ޖޯޑު ހަކުރު
  • 1 ޖޯޑު ސްޓްރޯބެރީ (ސްލައިސްކޮށް ކޮށާފައި)
  • އައިސް ކިޔުބް
  • 1-2 މޭޒުމަތީ ސަމްސާ ބޭސިލް (ކޮށާފައި)
  • 1 ސްޕްރައިޓް ފުޅި

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ލުނބޯ ހުތާއި، ހަކުރާއި، ސްޓްރޯބެރީ އަދި އައިސް ކިޔުބް މިިކްސަރަށް އަޅައި މިކްސްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބޭސިލް އަޅައިލާށެވެ. އެއަށްފަހު ތަށިތަކަށް އަޅައި އޭގެ މައްޗަށް އައިސް ކިޔުބް އަދި ސްޕްރައިޓް އަޅައިލާށެވެ. އޭރުން ސްޓްރޯބެރީ ބޭސިލް ރިފްރެޝާ ތައްޔާރުކޮށް ނިމުނީއެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭ އެހާމެ މީރު ބުއިމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް