ads
ލަންކާ
އިގްސޯދީ ބޮޑު ކާރިސާއެއްގައި އޮތް ލަންކާއިން އެއްލައްކަ ޑޮލަރަށް 10 އަހަރުގެ ވިސާ ދެނީ
އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހި، ބޭރުގެ ފައިސާއަށް ޖެހިފައިވާ އަވަށްޓެރި ސްރީ ލަންކާއިން، އެގައުމުގެ ބޭންކަކަށް 100،000 ޑޮލަރު ޖަމާކުރުމުން 10 އަަހަރުގެ ވިސާ ދޫކުރާ "ގޯލްޑެން ވިސާ" ޕްރޮގްރާމެއް ފަށައިފި އެވެ.

މި ވިސާ ދޫކުރަން ނިންމާފައި މިވަނީ "ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް"ގެ ނަމުގައި އެގައުމުގެ ސަރުކާރުން ފެށި ހާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ. އެ ޕްރޮގްރާމުގެ ބޭނުމަކީ އިގްސޯދު ހަަމަޔަކަށް އަޅުވަން ބޭނުންވާ ބޭރު ފައިސާ ހޯދުމެވެ.

ލަންކާގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން "ގޯލްޑެން ޕެރެޑައިސް ވިސާ ޕްރޮގްރާމް"ގެ ދަށުން ދޫކުރާ 10 އަހަރު ދުވަހުގެ ވިސާއަކީ ދިގުމުއްދަތަކަށް އެގައުމުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށާއި، އެގައުމުގައި މަސައްކަތް ކުރަން ބޭނުންވާ އެހެން ގައުމުތަކުގެ ފަރާތްތަކަށް ވިއްކާ ވިސާއެކެވެ. އަދި އެ ވިސާ ލިބޭނީ 100،000 ޑޮލަރު އެގައުމުގެ ބޭންކަކަށް ޖަމާކުރުމުންނެވެ. އެގައުމުގައި ހޭދަކުރާ 10 އަހަރު އެ ފައިސާ ހުންނަންވާނީ އެ ބޭންކުގައި ކަމަށްވެސް އެގައުމުގެ ސަރުކާރުން ނެެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މަދުވެގެން 75،000 ޑޮލަރު ހަރަދުކޮށްގެން އެގައުމުން އެޕާޓްމެންޓެއް ގަންނަ ފަރާތްތަކަށް ފަސް އަހަރު ދުވަހުގެ ވިސާއެއް ދިނުމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ލަންކާގެ މީޑިއާ މިނިސްޓަރު ނަލަކަ ގޮޑަހެ ވިދާޅުވީ، އެޕްރޮގްރާމް ކާމިޔާބުކޮށް ކުރިއަށް ގެންދެވިއްޖެނަމަ މިދަނޑިވަޅުގައި އެގައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެކަަަމަށެވެ. 

ލަންކާގައި ހިނގަމުން ދިޔަ ބޮޑެތި މަސްރޫއުތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއި އެކު ލަންކާއަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދު ކަނޑާލުމަށް ވެސް ލަންކާގެ ސަރުކާރަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަޖުބޫރު ވެފައެވެ. 

ފަހަކަށް އައިސް ކަރަންޓް ކަޑައިގެންދިއުމުގެ އުދަގޫވެސް ސްރިލާންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަހަންމަލުކުރަންޖެހިފައެވެ. 

މީގެ އިތުރުން ސްރީލަންކާގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ގޭސްފަދަ އަސާސީ ވަސީލަތްތައް ވެސް ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތި ލަމުންނެވެ.

ލަންކާއަކީ ރާއްޖޭގެ ގިނަ ކިޔަވާކުދިންނެއް ވެސް އެތަނުގައި ވަޒަންވެރިވެ ތައުލީމު ހާސިލުކުރަމުން އަންނަ ގައުމެކެވެ. މިކަމުގެ ސަބަބުން މިފަދަ ދަރިވަރުންތަކަށް އަންނަނީ ތަފާތު އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލަމުންނެވެ. 

އެހެންކަމުން ލަންކާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ހަމަނުޖެހުންތައް ބޮޑުވެ، މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. 

ސްރީލަންކާގެ އިގްސޯދީ ބޮޑު ހީނަރުކަމަކަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ފަތުރުވެރިކަން މެދުކެނޑުމާއި އެކުއެވެ. ލަންކާގެވެސް މައިގަނޑު އިޤްސާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މައްޗަށެވެ. 

އަވައްޓެރި ސްރީ ލަންކާގައި ކުރަމުންދާ މުޒާހަރާތަކާ ހަމަނުޖެހުންތައް ބޮޑުވެ، މަޝްރަހު ގޯސްވަމުންދާތީ

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް