ads
ސީއެންއެމް ބަދިގެ: އެވަކާޑޯ އެގް ސެލެޑް ސޭންޑްވިޗް
ސީއެންއެމް ބަދިގޭގައި މިއަދު މި ގެނެސްދެނީ "އެވަކާޑޯ އެގް ސެލެޑް ސޭންޑްވިޗް" ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1/2 ދޮންވެފައި ހުރި އެވަކާޑޯ
  • 1 1/2 ސައި ސަމްސާ ލުނބޯ ހުތް
  • 1 ސައި ސަމްސާ އެވަކާޑޯ ތެޔޮ
  • 3 ބިސް (ކައްކާފައި، ކޮށާފައި)
  • 1/4 ޖޯޑު ސެލެރީ (ކޮށާފައި)
  • 1 މޭޒުމަތީ ސަމްސާ ކައިވްސް
  • 1/4 ސައި ސަމްސާ ލޮނު 
  • 1/8 ސައި ސަމްސާ އަސޭމިރުސް
  • ޕާން ފޮތި
  • 2 ލެޓިއުސް ފަތް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބޯތައްޓަކަށް އެވަކާޑޯގެ އެތެރެ ބައި ކަހާލާފައި އަޅާލާށެވެ. ދެން އޭގެ ތެރެއަށް ލުނބޯ ހުތާއި، ތެޔޮ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ބިސް، ސެލެރީ، ކައިވްސް، ލޮނު އަދި އަސޭމިރުސް އަޅައި އެއްކޮށްލާށެވެ. 

ދެން ދެ ޕާން ފޮތި ޓޯސްޓް ކޮށްލައި ދެ ފޮތީގައި ވެސް ތައްޔާރު ކުރި އެވަކާޑޯ އެގް ސެލެޑް ހާކާލާށެވެ. އެއަށް ފަހު އެއްފޮތި މައްޗަށް ލެޓިއުސް ފަތް ލައި އޭގެ މައްޗަށް އަނެއް ޕާން ފޮތި ލާށެވެ. އޭރުން އެވަކާޑޯ އެގް ސެލެޑް ސޭންޑްވިޗް ތައްޔާރުކޮށް ނިމުނީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް