ads
ލަންކާގައި ކުރިއަށް ދިޔަ މުޒާހަރާއެއް
ހަމަނުޖެހުންތައް ބޮޑުވެފައިވާ ލަންކާއަށް ކުރާ ދަތުރުތައް ރާއްޖެއިން ހުއްޓާލަނީ!
އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހި، މުޒާހަރާތަކާ ހަމަނުޖެހުންތައް ބޮޑުވެ، މަޝްރަހު ގޯސްވެފައިވާ އަަވަށްޓެރި ސްރީލަންކާއަށް މޯލްޑިވިއަންއިން ކުރަމުންދާ ދަތުރުތައް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން އައިލެންޑް އޭވިއޭޝަނުން ލަންކާގެ ކެޕިޓަލް ސިޓީ ކޮލަމްބޯއަށް ކުރާ ދަތުރުތައް މިފެށޭ މެއި މަހުގެ ފުރަތަމަ ދުވަހުން (އަންނަ އާދިއްތަ) ފެށިގެން ހުއްޓާލާނެއެވެ.

ކޮލޮމްބޯގެ އިންޓަނޭޝަނަލް އެއަޕޯޓު ރަޓްމަލާނާއަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް އަލުން ފަށާނެ ތާރީހެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. އެ ކުންފުނިން ބުނީ އެ ތާރީހު ކަނޑައަޅާނީ ސްރީލަންކާގެ މާކެޓިން ހާލަތައް ބެލުމަށްފަހު ކަަމަށާއި، އެ ހާލަތު ގާތުން ބަަލާ މޮނިޓަ ކުރަމުންދާނެ ކަަމަށެވެ. 

ލަންކާއަށް ރާއްޖެއިން ކުރާ ދަތުރުތައް ހުއްޓާލީ އިގްސޯދީގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެތަނުގެ ހާލަތައް ބަލައެވެ. 

ސްރީލަންކާގެ އިގްސޯދީ ބޮޑު ހީނަރުކަމަކަށް ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ފަތުރުވެރިކަން މެދުކެނޑުމާއި އެކުއެވެ. ލަންކާގެވެސް މައިގަނޑު އިޤްސާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މައްޗަށެވެ. 

އެ ދަނޑިވަޅުގައި ލަންކާގައި ހިނގަމުން ދިޔަ ބޮޑެތި މަސްރޫއުތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއި އެކު ލަންކާއަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދު ކަނޑާލުމަށް ވެސް ލަންކާގެ ސަރުކާރަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަޖުބޫރު ވެފައެވެ. 

ފަހަކަށް އައިސް ކަރަންޓް ކަޑައިގެންދިއުމުގެ އުދަގޫވެސް ސްރިލާންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަހަންމަލުކުރަންޖެހިފައެވެ. މީގެ އިތުރުން ސްރީލަންކާގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ގޭސްފަދަ އަސާސީ ވަސީލަތްތައް ވެސް ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތި ލަމުންނެވެ.

ލަންކާއަކީ ރާއްޖޭގެ ގިނަ ކިޔަވާކުދިންނެއް ވެސް އެތަނުގައި ވަޒަންވެރިވެ ތައުލީމު ހާސިލުކުރަމުން އަންނަ ގައުމެކެވެ. މިކަމުގެ ސަބަބުން މިފަދަ ދަރިވަރުންތަކަށް އަންނަނީ ތަފާތު އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލަމުންނެވެ. 

އެހެންކަމުން ލަންކާގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ހަމަނުޖެހުންތައް ބޮޑުވެ، މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. 

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް