ads
ޔޫކްރެއިންގައި ހަރަކާތްތެރި ވަމުން އަންނަ ރަޝިއާ ސިފައިން
ދުނިޔޭގެ ހުރިހާ ގައުމެއް ބާރުގެ ދަށަށް ގެނެވިދާނެ: ރަޝިއާ
ދުނިޔޭގެ ގައުމުތަކުން ރަޝިއާ އާއި ކުޅެން ހަދައިފިނަމަ ހަނދާނުން ނުފިލާ ވަރުގެ ބޮޑެތި ގެއްލުންތައް ގައުމު ތަކަށް ދޭނެ ކަމަށް ރަޝިއާއިން ހާމަ ކޮށްފިއެވެ.

ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާގޮތުން، ރަޝިއާއާއި ޔޫކްރެއިން އާއި ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމައަށް ދުނިޔޭގެ ގައުމުތަކުން ދެމުން އަންނަ އެހީތެރިކަން ހުއްޓާ ނުލައިފިނަމަ ދުނިޔޭގެ ގައުމުތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށެވެ. 

އަދި މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ގައުމުތަކަށް އެގައުމުތައް ހަނދާނުން ނުފިލާ ވަރުގެ ގެއްލުންތަކާއި ކުރިމަތި ކުރުވާނެ ކަމަށާއި ގައުމުތަކުން ބޭނުން ހާ ކަމެއް ކުރަމުން އަންނަ އިރު ރަޝިއާއިން މަޑުން ނޯންނާނެ ކަމަށްވެސް އޮފިޝަލް ވަނީ ބުނެފައެވެ. 

މީގެ އިތުރުން އޮފިޝަލް ބުނީ، ރަޝިއާއަށް މިހާރު ޔޫކްރެއިން އިން ދެމުން އަންނަ ހަމަލާތަކުގައި ބޭނުން ކުރަމުން ދަނީ ދުނިޔޭގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރުތައް ކަމަށާއި، މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު މި ހަނގުރާމަ ދުނިޔޭގެ ހަނގުރާމަ އަކަށް ބަދަލުވުމާއި ދިމާލަށް ގޮސްފައި ވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

"ބައެއް ގައުމުތަކުން ހީކުރަނީ، ރަޝިއާ އަކީ ހަމައެކަނި ބިމުގެ ގޮތުން ބޮޑު ގައުމެއްގެ ގޮތުގަ. އެހެންނަމަވެސް ރަޝިއާ އަކީ ހަތިޔާރުގެ ގޮތުންނާއި އަސްކަރިއްޔާގެ ގޮތުންވެސް ވަރަށް ބާރުގަދަ ގައުމެއް. ފަހަރުގައި މިހާރު ހަނގުރާމަ މިދާ ގޮތުން މުޅި ދުނިޔެ ރަޝިއާގެ ބާރުގެ ދަށަށް ގެންނަން ޖެހިދާނެ." އޮފިޝަލް އާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިން އަށް ހަމަލާދޭން ފެށި ފަހުން އެތައް ދުވަހެއް ވެފައި ވާއިރު، ރަޝިއާ ސިފައިން ވަނީ ޔޫކްރޭންގެ ގިނަ ސަރަހައްދުތަކެއް ހިފާފައެވެ. 

92%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް