ads
އޭޖީ ރިއްފަތު-- ފޮޓޯ: ސަން
ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމަކީ އުންމީދެއް: ރިއްފަތު
މިއަދަކީ ރާއްޖޭގެ ތާރީހުގައި އަބަދުވެސް "އަނދިރި" ދުވަހެއް ކަމަށާއި އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު ލިބުމަކީ ކުރެވޭ އުއްމީދެއް ކަމަށް އެޓާނީ ޖެނަރަލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، އޭރުގެ ސަރުކާރު ވެއްޓުމާއި އަދި އެދުވަހު ހިނގި ހަމަނުޖެހުންތަކަށް މިއަދު މިވަނީ ހަށް އަހަރު ފުރިފަ އެވެ.

އެޓާނީ ޖެނެރަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ބިލު، ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހަންމަލުކޮށްފައިވާ ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމަކީ މިއަދުގެ އުންމީދެއް ކަމަށެވެ. 

އޭޖީ އިތުރަށް ވިދާޅުވީ މުއައްސަސާއަކުން ނުވަތަ ވެރިއަކު ދީފައިވާ އަނިޔާގެ މައްސަލަތައް ތަހުގީގުކޮށް އޭގެ ތެދު ހާމަކޮށް އަދި އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވައި ޖަވާބުދާރީކުރުވުމަށް ދައުލަތެއް ބިނާކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ ގާނޫނު މުހިންމު ކަމަށެވެ.

އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު، މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ އިންތިގާލީ އިންސާފުގެ ބިލު ހުށަހަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް